ރޯދައާ ދިމާކޮށް އެސްޓީއޯއިން ބާޒާރަށް ނެރޭ ފިޔާ ކިލޯއެއް އުޅޭނީ 16ރ. އަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯއިން ބުނީ ކިލޯއެއް 16ރ. އަށް އުޅޭ އިރު 25 ކިލޯގެ ފިޔާ ބަސްތާއެއް ލިބޭނީ 350ރ. އަށް ކަމަށެވެ. އަދި 10 ބަސްތާއަށް ވުރެ ގިނައިން ގަންނަ ނަމަ، ބަސްތާއެއް 340ރ. އަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެސްޓީއޯގެ ފިހާރަތަކުން މި އަގުތަކުގައި މިހާރު ފިޔާ ލިބޭނެ އެވެ.
ބާޒާރުގައި މިވަގުތު ފިޔާ ކިލޯއެއް އުޅެނީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ.
އެސްޓީއޯއިން ދުރާލައި ފިޔާ ބާޒާރަށް ނެރުނީ، ރޯދަމަހު ފިޔާ އަކީ އެންމެ ޑިމާންޑު ބޮޑު އެއް ބާވަތަށް ވާތީ އޭގެ އަގު ބާޒާރުގައި ކޮންޓްރޯލު ކުރުމުގެ ބޭނުމުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއިން މިހާރު ވަނީ ކާއްޓާއި ލުނބޯ ވެސް ބާޒާރަށް ނެރުމަށްޓަކައި ސްޓޮކް ރާއްޖެއަށް ގެނެސްފަ އެވެ. މި ފެށޭ ހަފްތާގައި އެ ތަކެތި ބާޒާރުން ލިބޭނެ ކަމަށް އެެސްޓީއޯއިން ބުންޏެވެ. އެސްޓީއޯ އިން ވިއްކާ ކާށި ލިބޭނީ 5ރ. އަށެވެ.
އެހެން އަހަރުތަކާ ހިލާފަށް އެސްޓީއޯއިން މިއަހަރުގެ ރޯދައަށް ހާއްސަކޮށް ބާޒާރަށް 24 ބާވަތެއް ގެނެސް ކޮންޓްރޯލު އަގުތަކެއްގައި ވިއްކާނެ އެވެ.
އެސްޓީއޯ އިން ރޯދަމަހަށް ހާއްސަކޮށް އެތެރެ ކުރާ ބާވަތްތައް:
1. އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު 2. ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ 3. ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކަޑް ބީންސް، ގެރިކިރު ދަޅު 4. ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަން ފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ