މަޖިލީސް މެމްބަރުންނަށް އިސްލާމިކް ޔުނިވަރސިޓީން ކިޔަވައިދޭން ފަށައިފި
ދެންމެ | 18 ފެބްރުއަރީ 2025
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަތީ ތައުލީމަށް ކިޔަވަން އިސްލާމިކް ޔުނިވާސިޓީއަށް ދާން ފަށައިފިއެވެ.

މެމްބަރުން ކިޔަވަން ނިންމާފައިވަނީ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ އިންނެވެ. މި ކޯހުގެ މުއްދަތަކީ 1 އަހަރު ދުވަހެވެ.

މި ކޯހުގައި ބައިވެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި އިސްލާމިކް ޔުނިވާސިޓީގެ އިސްވެރިންގެ އިތިރުން ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރަރުން ވަނީ ބައްދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހަިމް އަބްދު ﷲ ވިދާޅުވީ މެމްބަރުންނަށް ކޯހެއް  ހިންގުމުގެ މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތައުލީމު ހާސިލުކޮށްފައިވާ އިލްމީގޮތުން ޤާބިލު މެމްބަރުންތަކެއް ތިބި ތަނަކަށް ހެދުމަށްކަމަށެވެ.

your imageޔުނިވާސިޓީއަށް ކިޔަވަން ދާ ބައެއް މެމްބަރުން

 

މި ބައްދަލުވުމުގައި ކޯހުގައި ކިޔެވުމަށް އެންރޯލްވި  މަޖިލީހުގެ މެމްބަރުންނަށް ކޯހާ ބެހޭ ގޮތުން އަދި ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތާ ބެހޭގޮތުން މަޢުލޫމާތު ދިނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!