މިފްކޯއިން 3 ޖެނަރަލް މެނޭޖަރަކު މަގާމުން ވަކިކޮށްފި
ދެންމެ | 18 ފެބްރުއަރީ 2025

ސަރުކާރުގެ މަސްކުންފުނި މިފްކޯގެ 3 ޖެނެރަލް މެނޭޖަރަކު މަގާމުން މިއަދު ވަކިކޮށްފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިފްކޯ އިން ބުނީ އެ މެނޭޖަރުން ވަކިކޮށްފައިވަނީ މެނޭޖުމެންޓު ޕާފޯމަންސް ރިވިއުއަށް ބެލުމަށް ފަހު ކަމަށެވެ.

މަގާމުން ވަކިކުރި މެނޭޖަރުންގެ ނަންތައް މިފްކޯއިން ނުބުނެ އެވެ.

މިފްކޯއިން ބުނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށްވުރެންވެސް ބޮޑަށް ހަރުދަނާ ކުރުމަށް މިހާރު ކުރިޔަށްދާ އިސްލާހީ އެޖެންޑާގެ ދަށުން މެނޭޖުމެންޓު ޕާފޯމަންސް ރިވިއުކޮށް ގެންނަން ޖެހޭ ވަގުތީ އަދި ދާއިމީ މުހިންމު ބަދަލުތައް ގެންނަމުންދާ ކަމަށެވެ.

”އެ އެޖެންޑާގެ މަގްސަދަކީ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުން“ މިފްކޯއިން ބުންޏެވެ.

ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

ހަރަދުކުޑަކުރުން ފިޔަވަޅުތަކެއް އެޅުމަށް އަންގައި ސާކިއުލާއެއްވެސް ޕީސީބީން މިފަހުން ނެރުނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!