އިސްލާމްދީނުގައި ހަލާލު އަދި ހަރާމް ކަންތައްތަކުގެ މައްޗަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައިވެސް މި ދެ ކަމަކީ ވަރަށް މުހިންމު ދެ ކަމެވެ. އެހެންކަމުން، ފައިސާ ހޯދުމާއި ހޭދަކުރުމުގައިވެސް މި ދެ ކަމަށް ސަމާލުކަން ދޭންޖެހެއެވެ. ހަލާލު ފައިސާ އަކުން ހަރާމް ކަމެއް ކުރުމަކީ އެދެވޭ ކަމެއް ނޫނެވެ. އަދި ހަރާމް ފައިސާ އަކުން ހަލާލުކަމެއް ކުރުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ފުރަތަމަ ކަމަކަށް، ހަރާމް ފައިސާއަކީ ކޮބައިކަން އަޅުގަނޑުމެން ދެނެގަންނަން ޖެހެއެވެ. ހަރާމް ފައިސާއަކީ އިސްލާމްދީނުގައި މަނާކުރެވިފައިވާ ގޮތްގޮތުން ހޯދާފައިވާ ފައިސާއެވެ. މިސާލަކަށް، ރިބާއާއި ވައްކަމާއި، އޮޅުވާލުމާއި، ޖުވާކުޅުން އަދި ހަރާމް މުޢާމަލާތްތަކުން ލިބޭ ފައިސާއެވެ. މިފަދަ ފައިސާއަކީ އިސްލާމްދީނުގައި ހުއްދަ ނޫން ފައިސާއެވެ.
މިސްކިތެއް ބިނާކުރުމަކީ ވަރަށް މާތް އަދި ދަރުމަ ބޮޑު ޢަމަލެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް، މި ހެޔޮ ޢަމަލު ކުރުމަށްޓަކައި ބޭނުންކުރާ ވަސީލަތް، ނުވަތަ ފައިސާ ވެސް ހަލާލު ވާންޖެހެއެވެ. އެހެނީ، އިސްލާމްދީނުގައި ވަސީލަތާއި މަޤްޞަދާ މި ދެކަމަށްވެސް އެއްވަރެއްގެ އަހައްމިއްޔަތުކަމެއް ދެއެވެ.
ހަރާމް ފައިސާއިން މިސްކިތެއް އެޅުމަކުން އެ ފައިސާ ހަލާލެއް ނުވާނެއެވެ. މިއީ ވިސްނާލުން ވަރަށް މުހިންމު ނުކުތާއެކެވެ. އެއްވެސް ހާލެއްގައި ނުބައި ގޮތަކުން ހޯދާފައިވާ ފައިސާއަކުން، ހެޔޮ ކަމެއް ކުރުމަކުން ހަލާލެއް ނުވާނެއެވެ. އަދި ހަމައެހެންމެ، މިފަދަ ފައިސާއިން ކުރާ ހެޔޮ ޢަމަލަކަށް ދަރުމައެއްވެސް ނުލިބޭނޭކަމަށް ގިނަ ޢިލްމުވެރިން ފާހަގަކުރެއެވެ. ހަރާމް ފައިސާއިން މިސްކިތެއް އެޅުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫނެވެ. މިކަމާ ގުޅޭގޮތުން ޢިލްމުވެރިން ވިދާޅުވެފައިވަނީ، ހަރާމް ފައިސާއިން މިސްކިތެއް އެޅުމަކީ އެ މިސްކިތުގެ ޙުރުމަތް ކެނޑޭނެ ކަމެއް ކަމަށެވެ. އަދި އެއީ ހުސް އެފަދަ ފައިސާއަކުން އަޅާފައިވާ މިސްކިތެއްކަމުގައި ވަނީނަމަ، އެ މިސްކިތެއްގައި ނަމާދުކުރުމަކީވެސް ރަނގަޅު ކަމެއް ނޫން ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
ހަވާލާ: މުފްތީ މެންކުގެ ދަރުހަކުން،