ސިހުރުގެ މައްސަލަ ބޮޑުވެ، ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި
ދެންމެ | 20 ފެބްރުއަރީ 2025

ސިހުރުގެ މައްސަލަ ބޮޑުވެ ކުޅުދުއްފުށީގައި ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.

މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ސިހުރު ހަދާކަމުގެ ތުހުމަތުގައި ކުޅުދުއްފުށީގައި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި އެކަމުގެ ތުހުމަތުވާ ތަންތަން ބަލާ ފާސްކުރަމުންދާ ކަމަށެވެ.

އޮޕަރޭޝަންތައް ނިމުމުން އިތުރު ތަފުސީލް ދެއްވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ފަހަކަށް އައިސް ކުޅުދުއްފުށީގައި ސިހުރު ހަދާ މައްސަލަ ބޮޑުވެ އާންމުގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!