ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައިކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ރެކޯޑުތަކުން ދައްކައިފިއެވެ.
މެޓް އޮފީހުގެ ހިސާބުތަކުން ދައްކާގޮތުން އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަތޮޅު ދިއްފުށްޓަށެވެ. އެ ރަށަށްވަނީ 296.1 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މީ ރިކޯޑް އަދަދެކެވެ.
މީގެ ކުރިން އެންމެ ބޯކޮށް އެއްދުވަހެއްގެ ތެރޭގައި ވާރޭ ވެހިފައި ވަނީ ހއ.ކެލާއަށެވެ. އެއީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު އެ ރަށަށްވަނީ 231.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ގުޅުންހުރި ލިޔުންތައް