އިބޫ އާއި ރީކޯ ރުޅި އަޔަސް ނަސީދު ވަޑައިގެންފިނަމަ މަރުހަބާ ކިޔާނަން: ބަގުރޫޓް ފައްޔާޒު
ދެންމެ | 05 އޭޕްރިލް 2025

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ތެރޭގައި ރައީސް ނަޝީދާ މެދު ނުރުހުން އެބައޮތް ކަމަށާއި، އެކަން އެހެން އޮތަސް، އެނބުރި އެ ޕާޓީއާ ގުޅިވަޑައިގަންނަވަން އެމަނިކުފާނު ނިންމަވައިފިނަމަ އެކަމަށް މަރުހަބާ ކިޔުއްވާނެކަމަށް އެ ޕާޓީގެ ޗެއާޕާސަން ބަގުރޫޓް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައި ވަނީ، ދިވެހިރާއްޖެއަށާއި އެމްޑީޕީއަށް އަދި ދަ ޑިމޮކްރެޓްސްއަށް ވެސް މިވަގުތު އެންމެ ރަނގަޅު ގޮތަކީ، އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި، ދަ ޑިމޮކްރެޓްސްގެ ގުޅިގެން މަސައްކަތްކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން، އެކަމާ ގުޅޭގޮތުން ”އަދަދު“ ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ސަރުކާރު ހަމަ މަގަށް އެޅުވުމަށްޓަކައި ހުރިހާ އެންމެން ގުޅިގެން ވިޔަސް މަސައްކަތްތަކެއް ކުރަންޖެހޭކަމާއި، އެ ޕާޓީން ގެންގުޅޭ ސްޓޭންޑަކީ، ދިވެހިރާއްޖޭގަ ޑިމޮކްރަސީ ދަމަހައްޓަން މަސައްކަތް ކުރަން ތިބި ހުރިހާ ބަޔަކާ އެކުވެސް މަސައްކަތް ކުރުންކަމަށް ފައްޔާޒް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދާ މެދު ހިތްހަމަނުޖެހުން އެބައޮތްކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، ފާއިތުވީ ދުވަސްތަކުގެ ތެރޭގައި ދިމާވި ކަންތައްތަކުގެ ސަބަބުން ރައީސް ނަޝީދާމެދު ޕާޓީގެ މެމްބަރުންގެ މެދުގައި ހިތްހަމަނުޖެހުން އެބައޮތްކަމަށެވެ. އެނބުރި ވަޑައިގެންފިނަމަ އެ މެމްބަރުންގެ ރުހުން ހޯއްދެވުން އެއީ ރައީސް ނަޝީދު އަމިއްލަފުޅަށް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއްކަމަށާއި، ކޮންމެ ބޭފުޅަކަށް ވެސް އެމްޑީޕީއާ ގުޅުމުގެ ފުރުސަތު އޮންނާނެކަމަސް ވެސް ފައްޔާޒް ވިދާޅުވިއެވެ.

އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފިނަމަ ރައީސް ނަޝީދަށް މަރުހަބާ ކިޔުއްވާނެކަމަށް ފައްޔާޒް ވިދާޅުވިއިރު، ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި މިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިވި މައިގަނޑު ސަބަބަކީ، ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ކުރިމަތިވެވަޑައިގަތް ނާކާމިޔާބީއާއެކު އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދުކުރާ ބައެއް ފަރާތްތަކުން އެމްޑީޕީއަށް ފާޑުކިޔައި، އެ ޕާޓީން ވަކިވެ އައު ސިޔާސީ ޕާޓީއެއް ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދެވުމެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅެން މިއަދު ނަޝީދު ގޮވައިލެއްވިއިރު، އެ ދެ ޕާޓީ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!