އީރާނުން ހޮރުމޯޒް ކަނޑުއޮޅި އާއިއެކު މުޅިވައިގެ ނިޒާމް ޖޭމްކޮށްލައިފި
ދެންމެ | 05 އޭޕްރިލް 2025

އީރާނުން ހޮރުމޯޒް ކަނޑުއޮޅި ޖޭމްކޮށްލައިފި އެވެ.  އެމެރިކާގެ ސީ-17 މޮޑެލްގެ ބޯޓެއް ގަލްފްގެ މަތިން އުދުހިފައިވަނީ އެނބުރުން އަރާ އަނިޔާ ލިބިފައިވާ ދޫންޏެއް އުދުހިފައި ދާ ގޮތުގައެވެ.

އެމެރިކާގެ އިސްފަރާތްތަކުން މިހާރު ޝައްކު ކުރަނީ އީރާނުގެ ވަރުގަދަ ޖޭމިން އިލެކްޓްރޯނިކް އެޓޭކެއް ދީފައިވާ ކަމުގައެވެ. ސްޓްރޭޓް އޮފް ހޯރމުޒްގައި ދަތުރު ކުރަމުންދިޔަ ގިނަ އަދަދެއްގެ ބޯޓުތަކުގެ ދަތުރުފަތުރުގެ އަމާޒް ގެއްލިގެން ދިޔައިރު، ޔޫކޭގެ އެމްޓީއޯއިން ވަނީ އިލެކްޓްރޯނިކް ޖޭމިންގް އެޓޭކްއްގެ އިންޒާރު ދީފައެވެ. އެތަށް އިރަކު ބޯޓުތަށް ވަނީ ކަނޑުމަތީގައި ހުއްޓާލައިގެން ތިބެފައެވެ.

މި ޖޭމިންގ އެޓޭކްގެ އަސަރު ޑިއެގޯ ގާސިޔާގައިވާ އެމެރިކާގެ ބޮން އަޅާ ބޯޓްތަށް އުދުހުނު ނަމަވެސް ކުރާނެ ކަން ވަނީ ޔަގީންވެފައެވެ. ހަގީގަތުގައި މިއީ އީރާނުން ތައްޔާރުކޮށްފައިވާ ވަރުގަދަ ސިސްޓަމެކެވެ. މި ޖޭމިންގ ސިސްޓަމް ވަނީ ޓެސްޓް ކޮށް ކާމިޔާބު ކޮށްފައެވެ. އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކުން ސަރަހައްދުގައިވާ އެމެރިކާގެ ހުރިހާ ބޭސްތަކަށް ހަމަލާދީ ފުނޑާލާނެކަމުގެ އިންޒާރު ތެހެރާނުން ވަނީ ދީފައެވެ. އީރާނުން މިހާރު ހޯދަމުންދާ ކުރިއެރުންތައް ފެނި އެމެރިކާ ވަނީ ޖެހިލުންވެފައެވެ. ހޮރުމޯޒް ކަނޑުއޮޅި އަކީ އީރާނުގެ ވަރުގަދަ ބާރެއް އޮންނަ ސަރަހައްދެކެވެ.

މިސަރަހައްދުގައި ކުރިން ވެސް އަދި މިހާރު ވެސް ހިނގަނީ އީރާނުގެ ބާރެވެ. ހަނގުރާމަ ފެށިއްޖެ ނަމަ މި ކަނޑުއޮޅި އެއްކޮށް ބަންދުކޮށް އީރާނުން ކަނޑުގެ ލަސްކަރީން އަތުރާލާ ހަމަލާތަށް ދޭނެކަމަށް ވަނީ އިންޒާރު ދީފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!