ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 59 އަހަރު ފުރުމުގެ މުނާސަބަތުގައި، އެއާޕޯޓުގައި ހިދުމަތްކުރެއްވި އަދި މިހާރުވެސް ހިދުމަތްކުރައްވަމުންދާ ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު އެމަނިކުފާނުެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއާޕޯޓުގައި ހިދުމަތްކުރެއްވި އަދި ކުރައްވަމުންދާ ބޭފުޅުންގެ 59 އަހަރުގެ ގައުމީ ހިދުމަތުގެ އަގު ވަޒަންކުރައްވައި އެމްއޭސީއެލްގެ މިހާރުގެ ހުރިހާ ހިދުމަތްތެރިންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެ ކުންފުންޏަށް އުފާވެރި އަހަރީ ދުވަހަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓް
އެއާޕޯޓުގައި ފުރަތަމަ މަތިންދާ ބޯޓެއް ޖައްސާފައިވަނީ 1962 ވަނަ އަަހަރުއެވެ. ރައީސް އިބްރާހިމް ނާސިރު ހުޅުލޭ އެއާޕޯޓުގެ ނަމުގައި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ 1966 ވަނަ އަހަރުއެވެ.