ފެނަކައިން ހެސްކިޔާފަ ވައްކަން ކުރި ވަގު ސައީދުގެ މައްޗައް ދައުވާ ކުރަން ފޮނުވައިފި
ދެންމެ | 14 އޭޕްރިލް 2025
އައިސް ޕްލާންޓެއް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ބުނެ ފެނަކައިގެ ކުރީގެ އެމްޑީ އަހްމަދު ސައީދުގެ މައްޗަށް ދައުވާކުރަން އެދި އޭސީސީން އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބުނީ ސައީދުގެ މައްޗަށް ދައުވާކުރުމަށް ފޮނުވީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ހިލާފަށް ޢަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައެއްގައިކަމަށެވެ.

މި މައްސަލާގައި ސައީދުގެ އިތުރުން އޭރުގެ ޗީފް އެކައުންޓެންޓް މުހައްމަދު މަސްއޫދުގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އޭސީސީން ވަނީ އެދިފައެވެ.

އޭސީސީން ބުނީ ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރުގެ ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުން ނިންމާފައިވަނ،ީ އެޕްރޮޖެކްޓަކީ ކުންފުންޏަށް ގެއްލުންހުރ،ި ”އިންޓާނަލް ރޭޓް އޮފް ރިޓާން “ އަދި ”ނެޓް ޕްރެޒެންޓް ވެލިއު “ ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގިހުރެކަމަށެވެ.

ލ. މާމޭންދޫގައި ފިޝަރީޒް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށ،ް އަހްމަދު ސައީދު މުހައްމަދު ވަނީ ބޯޑު މެމްބަރުންނަށް ދޮގު މަޢުލޫމާތު ދީފައިަކމަށްވެސް އޭސީސީން ބުނެއެވެ. އެގޮތުނ،ް ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައިން ގަތުމުން ފިޝަރީޒް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެ ގެންދާނެ ކަމަށް ދޮގު މަޢުލޫމާތު ދީފައިވާކަމަށް އޭސީސީން ބުނެއެވެ.

އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި މުހައްމަދު މަސްޢޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް ވެލިއުއަށްވުރެ މަތީ އަގެއްކަން ތަހްގީގަށް ހާމެވެފައިވާކަމަށްވެސް އޭސީސީން ބުނެއެވެ. އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ޤާބިލްކަން ފެނަކައިގައި ހުރި ނަމަވެސ،ް މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށ،ް އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށްފައިވާކަން އޮޅުވާލާފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް އޭސީސީން ބުނެއެވެ.

ސައީދާއި މަސްއޫދުގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއ،ި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަކަށް އަމަލުކުރުން ނުވަތަ ދައުލަތައް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް އަމަލުކުރުމުގެ ކުށުގެ ދައުވާކަމަށް އޭސީސީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!