ދުޢާ އިޖާބަވިކަން އަންގައިދޭ 6 ކަމެއް!
ދެންމެ | 16 އޭޕްރިލް 2025

ދުޢާ އިޖާބަވިކަން އަންގައިދޭ 6 ކަމެއް މިތާގައި ބަޔާންކޮށްލާނަމެވެ.

އެންމެ ފުރަތަމަ ކަމަކަށް ތިބާއަށް ދުޢާ ކުރާއިރު ރޮވުމެވެ. ތިބާއަށް ދުޢާކުރާއިރު ރޮވޭނަމަ އެއީ ދުޢާ އިޖާބަވުމުގެ ސައިންއެކެވެ.

ދެވަނަ ކަމަކަށް ތިބާ ދުޢާ ކުރާ ގަޑީގައި ގައިން ހީބިހި ނެގުމެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި ޒުމަރް ސޫރަތުގެ 23 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

 

تَقْشَعِرُّ مِنْهُ جُلُودُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ

މާނައީ: ”އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުންގެ ގައިގެހަންތައް ތުރުތުރު އަޅައިގެންދެއެވެ.“

ތިންވަނަ ކަމަކަށް ތިބާއަށް ހިތްވަރު ލިބި އަމިއްލައަށް އުފާވެރިކަމެއް ނުވަތަ ތެދުމަގު ލިބުމުގެ އިޙްސާސް ކުރެވުމެވެ.

ހަތަރުވަނަ ކަމަކަށް އަމާންކަމާއި ހަމަޖެހުން ތިބާއަށް އިޙްސާސްވުމެވެ.

ތިބާއަށް ބިރުވެރިކަމެއް ކުރިމަތިވުމަށްފަހު ނުވަތަ ދެރަވާ ކަމެއް ކުރިމަތިވުމަށްފަހު ތިބާ ފެންވަރާލުން ނުވަތަ މަސާޖެއް ކުރުން ފަދަ އިޙްސާސެއް ކުރެވުމެވެ.

ފަސްވަނަ ކަމަކަށް ތިބާގެ ކޮނޑުން ބުރައެއް ފިލައިދިއުން ފަދަ އިޙްސާސެއް ވުމެވެ.

 

ހަވަނަ ކަމަކަށް އީމާންކަން އިތުރުވުމެވެ.

ﷲ ތަޢާލާ އަންފާލް.ސޫރަތިގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

 

إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَٰتُهُۥ زَادَتْهُمْ إِيمَٰنًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ‎﴿٢﴾‏

މާނައީ: مؤمن ން ވާކަން ކަށަވަރީ، اللَّه ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) آية ތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ إيمان ކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުން ކަމުގައެވެ.“

 

–ބިލާލް އައްސަދުގެ ދަރުސަކުން

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!