ކުރީގެ އުއްތަމަ ފަނޑިޔާރު އުސްތާޒް ރަޝީދަށް ހައްގުވާ ޝަރަފްވެރިކަން ދެއްވުމަށް މުހްތާޒު ގޮވާލައްވައިފި
ދެންމެ | 23 އޭޕްރިލް 2025

ކުރީގެ އުއްތަމަ ފަނޑިޔާރު އުސްތާޒް ރަސީދަށް ހައްގު މަގާމާއި ޝުކުރު ދިނުމަށް މަޝްހޫރު ޤާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ކަމާއި ގާޒީކަން ވެސް ކުރައްވާފައިވާ މުހްތާޒު މުހުސިން ގޮވާލައްވައިފިއެވެ.

އޭނާ ފޭސް ބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

”އަޅުގަނޑުގެ ބައްޕަގެ ނަމޫނާ ޝަހުސިއްޔަތު އަދި އަޅުގަނޑުގެ އަންހެނުންގެ އެންމެ ލޯބިވާ އެއް އުސްތާޛް، ފަޟީލަތުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމް. ދިގު މުއްދަތެއް ވަންދެން ދިވެހި ދައުލަތަށް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއިއެކު ޚިދުމަތްކުރެއްވެވި. ޚާއްސަ ގޮތެއްގައި ޝަރުއީދާއިރާއަށް. ފެހިގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުނުއިރު ހުންނެވީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި.“

”އަދާއި ހަމައަށް ޝަރުއީ ދާއިރާއަށް އެމަނިކުފާނު ކޮށްދެއްވެވި އަގުހުރި، ތެދުވެރި އަދި އިޚްލާސްތެރި ޚިދުމަތުގެ އަގު އެދާއިރާއިން ވަޒަންނުކުރެވި އޮތުމަކީ މުޅިދާއިރާއަށް ލިބޭ ބަދުނަމެއް. މާތްﷲ އެމަނިކުފާނު ހެޔޮ ސިއްޚަތެއްގައި ލަހައްޓަވާށި.“

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!