ފުލުހުން ވަނުމުން، އަޒްމިރަލްދާގެ ފިރިކަލުން އޮންނެވީ ފޫކޮޅުގައި ކުޑަ ތުވާލި ކޮޅެއް އަޅައިގެން އޮރިޔާމުން ބަންޑުން ކަމަށް ޖޭއެސްސީގެ ރިޕޯޓުން ހާމަވެއްޖެ އެވެ.
ޑރ. އަޒުމިރަލްދާގެ ފިރިމީހާ ތައިލޭންޑް އަންހެން މީހާގެ ހަށި ގަނެފައިވަނީ 450 ދިވެހި ރުފިޔާއަށް ކަމަށް ޖޭއެސްސީ ތަހްގީގް ރިޕޯޓުން ހާމަވެފައިވާއިރު މިމައްސަލައިގައި ކްރިމިނަލް ކޯޓުން ސްޕްރީމް ކޯޓްގެ ފަޑިޔާރު ޑރ. އަޒުމިރަލްދާގެ ފިރިމީހާ ދޫކޮށްލިއިރު، ހަށިވިއްކި ތައިލޭންޑް އަންހެންމީހާ ވަނީ 15 ދުވަހަށް ބަންދުކޮށްފައިވާކަން ވެސް ޖޭއެސްސީ ތަހްގީގް ރިޕޯޓުން ފާހަގަކޮށްފައިވެ އެވެ.
ޖޭއެސްސީގެ ތަހްގީގް ރިޕޯޓްގެ ސަފްހާ 8ގެ 1.5 ނަމްބަރުގައި ބުނެފައި ވަނީ ސްޕްރީމް ކޯޓުގެ ފަޑިޔާރު ޑރ. އަޒުމިރަލްދާގެ ފިރިކަލުން “ޑައިމަންޑް ފިންގަރ“ މަސާޖް ޕާލާއަކަށް ފުލްބޮޑީ އޮއިލް މަސާޖަކަށް 450 ދިވެހި ރުފިޔާ ދައްކާފައިވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން އެ މަސާޖްޕާލާގެ 2 ނަމްބަރު ކޮޓަރިއަށް ވަތްއިރު އަޒުމިރަލްދާގެ ފިރިކަލުން ފޫކޮޅު މަތީ ކުޑަ ތުވާލި ބުރިއެއް އަޅައިގެން އޮރިޔާމުން ބަންޑުން އޮސޯވެ އޮތް ކަމަށާއި އެނދު ކައިރީގައި ތައިލޭންޑް އަންހެން ކަނބަލެއް ޖޭއެސްސީ ރިޕޯޓްގައި ބުނެފައިވެ އެވެ.