މާލޭގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނަގަން ފަށައިފި
ދެންމެ | 12 މެއި 2025

ގަވާއިދާ ހިލާފަށް މާލޭގެ ބޮޑެތި މަގުތަކުގައި ޕާކްކޮށްފައިހުރި އުޅަނދުތައް ނަގަން ދިވެހި ފުލުހުންގެ ހިދުމަތުން ނުކުމެއްޖެއެވެ.

ފުލުހުން ބުނީ މިފަހަރު އެ އިދާރާއިން ނުކުތީ މާލޭގެ ބޮޑެތި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރުމަށެވެ. މި މަސައްކަތަކީ މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މަގުތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް އަމާޒުކޮށްގެން ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ފުލުހުން ބުންޏެވެ.

މިހާރު ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައްވެސް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މާލޭގެ އެހެން މުހިންމު ސަރަހައްދުތަކުގައިވެސް މިފަދަ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ގްރީން ޒޯން ސަރަހައްދާއި ސަލްމާން މިސްކިތް ސަރަހައްދާއި އަދި ބޮޑުތަކުރުފާނު މަގު ހިމެނެއެވެ.

މި ސަރަހައްދުތަކުގައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި ޕާކު ކުރުމަކި މަނާ ކަމެކެވެ. މީގެ އިތުރުން، މާލޭގެ ބާރު ބޮޑު ސަރަހައްދުތަކުގައި ބަރު އުޅަނދުފަހަރު ޕާކު ކުރުމަކީވެސް މަނާ ކަމެކެވެ.

ފުލުހުން ބުނީ މިއީ ކުރިއަށް އޮތް ތަނުގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ މަސައްކަތެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!