ދެމަފިރިން އެއްދާންކުރާއިރު އިތުރަށް ލޯބިކުރުމަށްޓަކައި އާލާތް ބޭނުންކުރުންވެސް ޙަރާމް!
ދެމަފިރިން އެއްދާންކުރާއިރު އިތުރަށް ލޯބިކުރުމަށްޓަކައި ވައިބްރޭޓަރ ނޫނީ ސެކްސްޓޯއީސް ނުވަތަ އެނޫންވެސް އާލަތްތައް ބެނުން ކުރުމަކީ ޙަރާމް ކަމެކެވެ. މިފަދަ ތަކެތި ބޭނުން ކުރުން ހިމެނިގެންދާނީ ﷲ ކަނޑައަޅުއްވާފައިވާ ގޮތް ދޫކޮށްލުން ކަމުގައެވެ.
މުއިމިނުންގެ ޞިފަތައް ބަޔާން ކުރައްވަމުން ސޫރަތުލް މުއިމިނޫންގެ 5-7 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ ﴿٥﴾إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ﴿٦﴾فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَـٰئِكَ هُمُ الْعَادُونَ ﴿٧﴾)
މާނައަކީ: “ އަދި އެއުރެންނީ، އެއުރެންގެ فرجތަކަށް ރައްކާތެރިވާމީހުންނެވެ. އެއުރެންގެ އަނބިންގެމައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާއަޅުންގެމައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ(އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ. ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ سرحد) ފަހަނަޅައިދާ މީހުންނެވެ.“
ވީމާ، އެފަދަތަކެތީގެ ބަދަލުގައި ދެމަފިރިން ލޯބިއިތުރު ކުރުވުމަށް ޓަކައި ދެމަފިރިން ބެއްދުމާއި ބޮސްދިނުން ފަދަ ކަންތައް ކުރުމުން ލިބޭ ލޯތްބާއި ހިތްހަމަޖެހުން މާބޮޑުވާނެއެވެ. واللهأعلم
– ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް