ރައީސްގެ އޭޓީއެމް ޕްރޮޖެކްޓް ވަރަށް ކާމިޔާބު: ބީއެމްއެލް ސީއީއޯ
ދެންމެ | 22 މެއި 2025

އަތޮޅުތަކުގައި ބަހައްޓާފައިވާ އޭޓީއެމްއެމްތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް 1 މިލިޔަނަށްވުރެ ގިނަ މުޢާމަލާތް ހިންގާފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

މ. މުލަކުގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މ އަތޮޅުގެ މުލީގައި އޭޓީއެމް ބެހެއްޓިތާ 25 އަށްވުރެ ގިނަ އަހަރުވެފައުވާއިރު، އެ ރަށް ފިޔަވައި އެހެން އެއްވެސް ރަށެއްގައި އޭޓީއެމްއެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އިއްޔެ އާއި މިއަދު، މ އަތޮޅުގެ ބާކީ ރަށްތަކުގައި އޭޓީއެމް ބަހައްޓައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓިއެމް ބެހެއްޓިފައިވާ ކަމަށެވެ.

މ އަތޮޅުގެ އިތުރުންވެސް މި އަހަރު ގިނަ ރަށްތަކުގައި އޭޓިއެމް ބެހެއްޓިފައިވާއިރު، އަތޮޅުތަކުގައި ބެހެއްޓިފައިވާ އޭޓީއެމްތައް މެދުވެރިކޮށް މިއަހަރު މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ މުޢާމަލާތް ހިންގާފައިވާ ކަމަށެވެ. އަދި އެއީ މާލެ ސިޓީގެ ސަރަހައްދުތައް ނުލައި ހިންގާފައުވާ މުއާމަލާތްތައް ކަންވެސް ފާހަގަކުރެއްވިއެވެ.

 

މި މުއްދަތުގައި އޭޓިއެމް މެދުވެރިކޮށް ބޭންކަށް 1.5 ބިލިއަން ރުފިޔާ ޖަމާކޮށްފައިވޭ. ހަމަ އެކަނި ފާއިތުވި ދެ ހަފްތާ ތެރޭގައި އެކަނިވެސް 161 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު

 

ނަގުދު ފައިސާގެ އިތުރުން އިންޓަނެޓް ބޭންކިންގ މެދުވެރިކޮށްވެސް ގިނަ މުޢާމަލާތްތަކެއް ކިރެވެމުންދާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ބޭންކުން މަސައްކަތް ކުރަނީ، ނަގުދު ފައިސާ ވޭހާވެސް މަދުން ބޭނުން ކުރާ ގޮތަށް ކަންކަން ބަދަލު ކުރުން ކަމަށެވެ. އެގޮތުން، މިހާރުވެސް ބޭންކު މެދުވެރިކޮށް ކުރާ މުޢާ މަލާތްތަކުގެ 95 އިންސައްތަ އަކީ ޑިޖިޓަލްކޮށް ކުރާ މުޢާމަލާތްތައް ކަމަށް ޝަރީފް ވިދާޅުވިއެވެ.

 

އޭޓީއެމް މެދުވެރިކޮށް 38000 ދުވަލަކު މުޢާމަލާތް ހިނގާއިރު، އިންޓަރނެޓާއި މޮބައިލް ބޭންކިން މެދުވެރިކޮށް 2 ލައްކަ 90 ހާހަށްވުރެ ގިނަ މުޢާމަލާތް ހިނގާ. ޕީއޯއެސް މެޝިންތަކުން އެބަ ހިނގާ 1 ލައްކަ 50 ހާސް މުޢާމަލާތް. ކޮންމެ ދުވަހަކު މޯބައިލް އެޕްލިކޭޝަން ބޭނުން ކުރޭ އެބަ އެއް މިލިއަން މީހުން.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު

 

ޝަރީފް ވިދާޅުވީ ބޭންކުން މަސައްކަތް ކުރަމުންދަނީ މި އަހަރު ނިމެންވާއިރަށް ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނިންމާލަން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!