ވިނަރެސް ފްލެޓަކުން ވެއްޓި ނިޔާވި މީހާގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ
ދެންމެ | 18 ޖުލައި 2025

ވިނަރެސް ފްލެޓް އިމާރާތަކުން މިއަދު ވެއްޓި ނިޔާވި އުމުރުން 18 އަހަރުގެ ޝިއާން ޙަބީބުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިނަރެސް ފްލެޓް އިމާރާތަކުން ވެއްޓި ނިޔާވި ޝިއާން ޙަބީބުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާކަމަށެވެ.

ރައީސް ވަނީ މަރްޙޫމް ޝިއާން ޙަބީބު، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވުމަށް އެދި ދުޢާކުރައްވާފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ 18 އަހަރުގެ އެޒުވާނާ ވެއްޓިގެން އެހޮސްޕިޓަލަށް ގެންދިޔައީ މިއަދު 16:30ހާއިރުކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!