އަލީ ސޯލިހަށް ހަމަލާދީ ޒަހަމް ކޮށްލައިފި
ދެންމެ | 22 އޯގަސްޓް 2022

ޖުމްހުރީ ޕާޓީގެ ތަރުޖަމާނަށް އަދި ސްޓޭޓް މިނިސްޓަރ އަލީ ޞާލިހަށް ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ޞާލިހަށް ހަމަލާދީފައިވަނީ ހުޅުމާލެއިންނެވެ. މި ހަމަލާ ދީފައިވަނީ ޖޭޕީގެ ޑެޕިއުޓީ ލީޑަރ އަމީން 2015 ވަނަ އަހަރަށްފަހު ރާއްޖެ ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ދުރުވުމަށްފަހު ޞާލިހް ހުޅުމާލެ ދުރުވި ފަހުންނެވެ.

އަލީ ޞާލިހް މައުލޫމާތު ދިން ގޮތުގައި އޭނާ އަށް ހަމަލާ ދީފައިވަނީ، ދާދި ފަހުން، ހުކުރު ކުރަމުން ދަނިކޮށް ސަލްމާން މިސްކިތުގެ މިންބަރަށް އަރައި، އައިސިސް ގެ ދިދަ ހިފައިގެން އަޑުގަދަ ކުރި މީހާ ކަމަށް މައުލޫތު ލިބިފައިވެއެވެ.

އެ ހަމަލާ ދިން މީހާ އަކީ ނަފްސާނީ ބަލި މީހެއްކަމަށް ބުނެ ފުލުހުން ދޫކޮށްލާފައިވާ މީހެއްކަން ފާހަގަކޮށްލެވެއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!