ކުރީގެ ހެލްތް މިނިސްޓަރ އަމީނަށް ދައުވާ ނުކުރުމަށް ނިންމުމަށް ފަހު އެމްއެމްޕީއާރުސީގެ ކަރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ ބީއެމްއެލް ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ސަރީފަށް ވެސް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ ފައްޔާޒުގެ ނުފޫޒުން މިމައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައި ވަނީ ޝަރީފް އެމްއޭސީއެލްގެ ސީއީއޯ އަކަށް ހަމަ ޖެއްސުމަށް ގާނޫނީ ފޯމް ފުރިހަމަ ކުރާ އިރު ޕީޖީ އޮފީހުގައި މައްސަލަ އޮތް ނަމަ މަގާމަށް އައްޔަން ކުރަން ހުރަސް އެޅޭތީ އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ކަރަޕްޝަންގެ މައްސަލަތަކުގައި އޭރު ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމްގައި ހުންނެވި ސަރީފްގެ ބައިވެރިވުން އޮތްކަމަށް ތަހްގީގަށް ސާބިތު ކުރެވިފައި ވީ ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފައްޔާޒުގެ ޕްރެޝަރު ބޮޑުވެ ވަނީ ދައުވާ ނުކުރެވިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ހެލްތު މިނިސްޓަރ އަމީނަށް ވެސް ދައުވާ ނުކުރުމަށް އަންގާފައި ވަނީ ވެސް ސީދާ ފައްޔާޒު އިސްމާލެވެ. އޭނާ ދައުވާ ނުކުރުމުން އެ މައްސަލަ މިހާރު ވަނީ ފައިލް ކޮށްފަ އެވެ.