31 ހާސް ހަރަދުކޮށްގެން މާލޭ ސިޓީ ކައުންސިލުން 81 މީދާ މެރުމުން ރައްޔިތުން ގާތަށް ވަރު އަރައިފި
ދެންމެ | 21 ޖެނުއަރީ 2026

މާލޭގައި އުޅޭ މީދާ ގިނަވެ، މާލޭގެ އެކި ތަންތަނުގައި މީދާ ބޭސް ބަހައްޓާ ޚާއްސަ ހަރަކާތަށް ޖުމްލަ 31000 ރުފިޔާ ހަރަދުވިއިރު، މެރުނީ 81 މީދާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ފެށީ މި ހަރަކާތުގެ މައުލޫމާތުތައް ހޯދުމަށް އޮންލައިން ނޫހެއް ކަމަށްވާ ސަން އޮންލައިނުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދި މައުލޫމާތުން އެނގޭގޮތުގައި މީދާ ބޭސްތަކުން ޖުމްލަ 80 މީދާ މަރުވެފައިވެއެވެ.

އެއީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އެ ޕްރޮގްރާމްގެ ދަށުން ބެހެއްޓި މީދާ ބޭސްތަކުގެ ސަބަބުން މަރުވި މީދާތަކުގެ އަދަދެވެ.

އެ މުއްދަތުގައި އެ ޕްރޮގްރާމަށް ޚަރަދުކުރީ ޖުމުލަ 31،978.40 ރުފިޔާއެވެ. އެއީ، މީދާ ބޭސް ގަންނަން ޚަރަދުކުރި 30،596 ރުފިޔާއެއްގެ އިތުރުން އެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތަށް ބޭނުންވާ ބެނާ ޕްރިންޓްކުރަން ޚަރަދުކުރި 1،382.40 ރުފިޔާއެވެ.

ސިޓީ ކައުންސިލުން މީދާ މަރަން ފެށީ މީދަލުގެ އުނދަގޫ ބޮޑުވެ އާންމު އުނދަގުލަކަށް އެކަން ވުމުގެ ސަބަބުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!