އިޒްރޭލުގެ ރިޒާވް ފޯސްގެ ސިފައިން ޚިދުމަތަށް ނިކުންނަށް ދެކޮޅުހަދައިފި
ދެންމެ | 19 މާރޗް 2026

އިޒްރޭލުގެ އަސްކަރިއްޔާގެ ރިޒާވް ފޯސްގައި ހިމެނޭ ގިނަ އަދަދެއްގެ ސިފައިން، އެކި ކޭމްޕްތަކުގައި ޚިދުމަތަށް ރިޕޯޓްކުރުމަށް އިންކާރުކުރަމުންދާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އިޒްރޭލުގެ ރަސްމީ ބްރޯޑްކާސްޓަރ “ކާން” އިންނެވެ.

މި ސިފައިން ޚިދުމަތަށް ނުކުތުމަށް ދެކޮޅު ހަދަމުންދަނީ، އީރާނާއި ލުބުނާނުން ފޮނުވާލާ މިސައިލް ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ ވަސީލަތްތައް އެ ކޭމްޕްތަކުގައި ފުރިހަމައަށް ނެތް ކަމަށް ބުނެއެވެ.

ޚާއްޞަކޮށް މިސައިލް ހަމަލާތަކުން ސަލާމަތްވުމަށް ބޭނުންވާ އެކަށީގެންވާ ހިޔާވަހިކަމާއި ރައްކާތެރިކަމުގެ ނިޒާމުތައް ނެތުމަކީ ސިފައިންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލާއި ލުބުނާނުގެ ހިޒްބުالله އާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ވަރުގަދަވެފައިވާ މި ދަނޑިވަޅުގައި، ރިޒާވް ސިފައިން މިފަދަ ނިންމުމެއް ނިންމުމަކީ އިޒްރޭލުގެ އަސްކަރިއްޔާއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ބެލެވެ އެވެ. އަދި މިއީ ސިފައިންގެ މެދުގައި އޮތް އިތުބާރާއި ރައްކާތެރިކަމުގެ އިހުސާސް ކުޑަވަމުންދާކަމުގެ ނިޝާނެއް ކަމަށްވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!