ރޫހާނީ ލީޑަރަކަށް އަހަރެން ގެންނަން އީރާނުން ހުށަހެޅި، އަހަރެން ބުނީ ’ނޯ ތެންކްސް‘ އޭ: ޓްރަމްޕް
ދެންމެ | 26 މާރޗް 2026

އީރާނުގެ އާ ރޫހާނީ ލީޑަރަކަށް އޭނާ ގެންނަން އީރާނުން ހުށަހެޅި ކަަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އިސްރާއީލާއި އެމެރިކާއިން ދިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ދޭން ފެށި ހަމަލާތަކުގައި ހަމަ އެ ދުވަހު އީރާނުގެ ރޫހާނީ ލީޑަރުގެ އާޔަތުﷲ އަލީ ޚާމަނާ ވަނީ އަވަހަރާކޮށްލައިފައެވެ. އޭގެ ފަހުން އެ ގައުމުގެ އާ ރޫހާނީ ލީޑަރަަކަށް ހޮއްވަވާފައި ވަނީ އެމަނިކުފާނުގެ ދެވަނަ ދަރިކަލުން މުޖްތަބާ ޚާމަނާއީއެވެ.

ރިޕަބްލިކަން ޕާޓީގެ ފަންޑް ރެއިޒިން އިވެންޓެއްގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ އީރާނުގެ ލީޑާޝިޕުން އޭނާ އިސްލާމިކް ރިޕަބްލިކްގެ އާ ސުޕްރީމް ލީޑަރަކަށް ވުމުގެ ހިޔާލު ނުރަސްމީ ގޮތުން އޭނާ ހުށަހެޅި ކަމަށެވެ. އެކަމަކު އޭނާ އެކަމަށް އިންކާރު ކުރި ކަމަށް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް މިފަދަ ގޮތަކަށް ވާހަކަދައްކާފައިވާއިރު، މިއީ ހަގީގަތަކަށް ވެދާނެ ކަމާއި މެދު ސުވާލު އުފެދެއެވެ.

ޓްރަމްޕް މިފަހަކުން ދަނީ އީރާނާއެކު ހަނގުރާމާ ހުއްޓާލުމުގެ މަޝްވަރާތަކެއް ކުރަމުންދާަކަމަށް ބުނެވެސް ވާހަކަދައްކައިފައެވެ. އެކަމަކު އީރާނުން ދަނީ މި ވާހަކަތައް ދޮގު ކުރަމުންނެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެންމެ ފަހުން ވިދާޅުވީވެސް އީރާނުން ސީދާ މަޝްވަރާތަކުގައި ބައިވެރި ނުވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!