ހޯމޫޒް ކަނޑުއޮޅި ހުޅުވާލާނީ ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ އަގަށްވާ ވަރަށް ފައިސާ ލިބުމުން ކަމަށް އިރާނުން ބުނެފި އެވެ.
އީރާނުގެ ރައީސް އޮފީހާއި ހަވާލާދީ އެގައުމުގެ މެހްރް ނިއުސް އެޖެންސީން ރިޕޯޓުކުރަނުންދާ ގޮތުގައި ހޯމޫޒް ކަނޑުއޮޅި އާންމު ދަތުރުފަތުރަށް ހުޅުވާލާނީ ހަނގުރާމައިގެ ސަބަބުން އިރާނަށް ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި އެކަނޑޮއޮޅި ބޭނުންކުރާ ފަރާތްތަކުން ޓްރާންސިޓް ފީގެ ގޮތުގައި އަދާކޮށް ހަލާސްވުމުންނެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އީރާނުގެ ރައީސް އޮފީހުގެ މުވާސަލާތީ ކަންކަމާ ބެހޭ ނައިބު ސެއިދު މެހްދީ ތަބަތާއީ މިއަދު ވިދާޅުވެފައި ވަނީ ޓްރާންސިޓް ފީގެ މައްޗަށް ބިނާކޮށް ”އާ ގާނޫނީ ނިޒާމެއް“ މެދުވެރިކޮށް ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ލިބުމުން ސްޓްރޭޓް އޮފް ހޮރްމުޒް އީރާނުން ހުޅުވާނެ ކަމަށެވެ.
އަދި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ތަބަތަބޭއީ ވިދާޅުވީ ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން މިއަދުގެ ވަގުތެއްގައި އީރާނުގެ ސިވިލް އިންފްރާސްޓްރަކްޗާއަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕު ދެއްވި ނަމަވެސް ދޭ އިންޒާރަކަށް އިރާނުން ކުޑަކަކޫ ނުޖަހާނެ ކަމަށާއި ޓްރަމްޕު މި ދައްކަވަމުން ގެންދަނީ ”ބޯ ހަމަނުޖެހޭ“ ވާހަކަތަކެއް ކަމަށެވެ.
އެގޮތުން ގަދަ ބާރުން ހޯމޫޒް ކަނޑުއޮޅި ހުޅުވޭނެ ކަމަށް ޓްރަމްޕު ގަބޫލުކުރާ ކުރުމަކީ ކުށްހީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.



