ފުވައްމުލަކު ސިޓީ ކައުންސިލްގެ މެޖޯރިޓީ އަންހެނުންނަށް ލިބިއްޖެއެވެ.
މިމަހުގެ 4 ވަނދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކު ކައުންސިލް މޭޔަރުގެ ހިމެނޭހެން އެންމެ ގޮނޑިއެއް ފިޔަވާ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އަދި އެ ކައުންސިލްގެ މެޖޯރިޓީ ނަގާފައިވަނީ އަންހެނުންނެވެ.
ފުވައްމުލަކު ކައުންސިލްގެ ފަހު ގޮނޑި ޔަގީންވީ އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގެ ދެވަނަ ބުރަށްފަހުއެވެ. އެ ގޮނޑިއަށް ވާދަކުރީ އަމިއްލަ ގޮތުން ވާދަކުރި ޝީޒާ އިބްރާހިމް އާއި ވެރިކަން ކުރާ ޕީއެންސީ ވާދަކުރި އައިޝަތު އަބްދުލް ގާދިރެވެ. ޝީޒާ ގޮނޑި ކާމިޔާބުކުރީ 595 ވޯޓުންނެވެ. އައިޝަތު އަބްދުލް ގާދިރަށް ލިބުނީ 484 ވޯޓެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް މެމްބަރުން
އިސްމާއިލް ރަފީގު (އެމްޑީޕީ) / މޭޔަރު
ޝީޒާ އިބްރާހިމް / އަމިއްލަ ގޮތުން
ހަސަން ޝިރްހާން (އެމްޑީޕީ)
އައިޝަތު އިބްރާހިމް (އެމްޑީޕީ)
ފާތިމަތު މާޝާ (އެމްޑީޕީ)
މުހައްމަދު ލިރާރް (އެމްޑީޕީ)
އައިމިނަތު އިނާޔާ (އެމްޑީޕީ)
ހަދީޖާ މޫސާ (އެމްޑީޕީ)
މަރިޔަމް ޒަހީނާ އަހްމަދު (އެމްޑީޕީ)
ފުވައްމުލަކުގެ ސިޓީ ކައުންސިލަށް ހޮވިވަޑައިގަތް ފިރިހެން ބޭފުޅުންނަކީ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވި އިސްމާއީލް ރަފީގާއި މިސްކިތްމަގު ދާއިރާ އަށް ހޮވުނު މުހައްމަދު ލިރާރު އަދި ދިގުނވާޑު ދާއިރާ އަށް ހޮވުނު ހަސަން ޝިރުހާނެވެ.



