އެމްޑީޕީގެ ޗެއަރޕާޝަން ކަމަށް ރައީސް ނަސީދު ވާދަ ކުރައްވަން ނިންމައިފި އެވެ.
އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ އެންމެ ނުފޫޒުގަދަ މަގާމަށް ނަސީދު ވާދަ ކުރުމަށް ނިންމާފައިވަނީ ޕާޓީގެ ލީޑަރސިޕްގެ ގިނަބައެއްގެ ތާއީދާއިއެކުގަ އެވެ.
އެމްޑީޕީގެ ޗެއަރޕާޝަންކަމަށް ވާދަަ ކުރަން ނިންމާފައިވާއިރު މިހާތަނަށް އެމަގާމަށް ވާދަ ކުރާނެ ކަން އިއުލާން ކޮށްފައި ވަނީ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަހުމަދު ނަސީމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މީކާއީލް ޗެއަރޕާޝަން ކަމަށް ވާދަ ކުރައްވަނީ ކުރީގެ ރައީސް ސޯލިހާއި ޕާޓީގެ ރައީސް އަބުދުﷲ ޝާހިދުގެ ފުރިހަމަ ތާއީދާއި ޕާޓީގެ ޕީޖީ ގްރޫޕްގެ މަދަދާއިއެކުގަ އެވެ.
ގުޅުންހުރި ލިޔުންތައް



