ލޯބިވެރިޔާއާ ޖެހުނު މައްސަލައެއްގައި ރުޅި އައިސްގެން މީހަކު އަމިއްލަ ސައިކަލު ތޮށިގަނޑުން މޫދަށް ބޭރުކޮށްލައިފިއެވެ.
”ނުކުތާ“ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ 4:05 ހާއިރު، މާލޭ އެއް ނަންބަރު ފާލަމާ ދިމާލުގައެވެ. އެ މީހާ ދުއްވީ އެންމެކްސް ބްރޭންޑުގެ ކަޅު ކުލައިގެ ސައިކަލެކެވެ.
މަންޒަރު ދުށް މީހަކާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި، އެ މީހާ ސައިކަލުގައި ދުއްވައިފައި ދަނިކޮށް ތޮށިގަނޑު ކައިރިއަށް ވެއްޓުނީއެވެ. ދެން ތެދުވެ، ވަރަށް ރުޅި އައިސް ހުރެ ސައިކަލުގެ މުއްގަނޑަށް ފެލައި، ސައިކަލު މޫދަށް ބޭރުކޮށްލީއެވެ. ސައިކަލު އެއްލައިލިއިރު ވެސް އޮތީ ސްޓާޓްކޮށްފައެވެ.
ފުލުހުން މިހާރު ސައިކަލު ނެގުމުގެ މަސައްކަތް ފަށާފައިވާއިރު، އެ މީހާ ގަޑިބުރު ކައިރިން ހިފަހައްޓާފައިވާ ކަމަށް ”ނުކުތާ“އިން ރިޕޯޓުކޮށްފައިވެއެވެ.
ގުޅުންހުރި ލިޔުންތައް



