ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ފަހަތަށް ސޮއްސާލައިފި
ދެންމެ | 30 އޭޕްރިލް 2026
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރާ ”ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް)“އިން އާންމު ކުރި ތަފާސްހިސާބުތަކުން ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ވެއްޓިފައިވާކަމަށް ދައްކައިފިއެވެ.

މި އަހަރުގެ ’ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް’ގައި  ރާއްޖެ އޮތީ  ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގައެވެ. އެ ގޮތުން ދިވެހިރާއްޖެ ވަނީ 108 ވަނައަށް ވެއްޓިފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އޮތް 104 ވަނައާ އަޅާބަލާއިރު ހަތަރު ދަރަޖަ ފަހަތަށް ޖެހުމެކެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގައި މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖެ އޮތީ 100 ވަނަގައެވެ. އޭގެފަހުން މިދިޔަ ދެ އަހަރު ރާއްޖެ މިވަނީ 8 ދަރަޖަ ފަހަތަށް ވެއްޓިފައެވެ. އެހެންނަމަވެސް 2025 ވަނަ އަހަރު 2024 ވަނަ އަހަރު އޮތް ދަރަޖައަށްވުރެ 2 ދަރަޖަ ކުރިޔަށް ޖެހިލާފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖައިގައި ރާއްޖެ އަށް އަންނަމުންދާ ބަދަލު 

  • 2021 – 72 ވަަނަ
  • 2022 – 87 ވަނަ
  • 2023 – 100 ވަނަ
  • 2024 – 106 ވަނަ
  • 2025 – 104 ވަނަ
  • 2026 – 108 ވަނަ

މި އަހަރު ރާއްޖެ ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ މިދިޔަ ސަރުކާރުގައި ހެދި ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިންގެ މަސްދަރު ހަމާކުރަން މަޖުބޫރުވާ ގޮތަށް ހިމެނި މާއްދާ، މި ސަރުކާރުންވެސް ބަދަލު ނުކުރުން ހިމެނެއެވެ. އަދި ސަރުކާރުން ދާދި ފަހުން މީޑިއާ ކޮމިޝަނެއް އުފައްދާ މީޑިއާތަކަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ގާނޫނެއް ހެދުންވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!