އެމްޑީޕީން މުސާރައަށް ބަގުރޫޓް ފައްޔާޒު ވަނީ 4 މިލިޔަން ބަގަޅާލާފައި: ތުއްތު މީކާއީލް
ދެންމެ | 02 މެއި 2026

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒްގެ މުސާރައަށް 4 މިލިއަން ރުފިޔާ ހަރަދުވި ގޮތް އެނގެން ޖެހޭ ކަމަށްް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވި ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

މީކާއިލް މީގެ ކުރިން ވިދާޅުވެފައިވާގޮތުގައި ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕާއެކު އިންތިހާބުގެ ކެމްޕެއިންގައި ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި އެމްޑީޕީގެ އާންމު މެންބަރުންގެ ގާތަށް ގޮސް އެ ފަރާތްތަކުގެ ޝަކުވާތައް ވަރަށް ގާތުން އަޑުއަހާފައިވާނެއެވެ. އަދި އެ މީހުންގެ ފަރާތުން އެންމެ ބޮޑަށް އިވިގެން ދިޔައީ ޕާޓީގެ ހިންގުމާ މެދު އޮތް ޝަކުވާ ކަމަށާއި އާއި ހާއްސަކޮށް، ޕާޓީއަށް ލިބޭ ފައިސާއަށްވާ ގޮތް ނޭނގޭ ކަމުގެ ކަންބޮޑުވުން އާންމު މެންބަރުން ފާޅުކޮށްފައިވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބާ ހަމައަށް އެމްޑީޕީއަށް ވަރަށް ބޮޑެތި އަދަދުން ފައިސާ ލިބެމުން އައިސްފައިވާ ކަމަށާއި ނަމަވެސް އޭރު މި ޕާޓީގެ މެންބާޝިޕް ވެސް އޮތީ އިންތިހާއަށް މަތީގައި ނަމަވެސް އެ ފައިސާއާ ބެހޭގޮތުން ޕާޓީގެ އާންމު މެމްބަރުން ސުވާލު ކުރަމުންދާ ކަަމަށް މީކާއިލް ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ މާލީކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަވާނެ ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

މީކާއީލްގެ މި ވާހަކަތަކާއި ގުޅިގެން އެ ޕާޓީގެ މިހާރުގެ ޑެޕިޔުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީއަކީ ގަވާއިދު އޮޑިޓްކޮށް، ރިޕޯޓް އާންމު ކުރާ ޕާޓީއެއް ކަަމަށެވެ. އަދި އާންކުރާ އެއްޗެހި ބެއްލެވުމަށް އޭނާ ވަނީ އެެދިވަޑައިގެންފައެެވެ. އަދި ފައްޔާޒްވެސް ވަނީ މީކާއިލް އެ ރިޕޯޓް ބެއްލެވުމަށް އެދިވަޑައިގެންފައެެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!