އަދުރޭ އަކީ ހިޔަޅެއް، ރައީސް ޔާމީން ހައްޔަރުކޮށް، ވެރިކަމަށް ހުރީ ކެތް މަދުވެފައި: ޗީފް މުސްތަފާ
ދެންމެ | 23 ސެޕްޓެމްބަރ 2022

ޕީޕީއެމް, ޕީއެންސީ ލީޑަރސިޕުން ވެސް ރައީސް ޔާމީން ޖަލަށް ލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޔާމީން އެންމެ އަރިސް އަދި އެމަނިކުފާންގެ ހަޒާންދާރު އަހުމަދު މުސްތަފާ ތުހުމަތު ކުރައްވައިފި އެވެ.

’ދެންމެ‘ ނޫހުން ޕީއެންސީގެ ރައީސް އަދުރޭ އާއި ރައީސް ޔާމީނާއި ގުޅުން ގޯސްވެ އަދުރޭ އެހެލައިފައިވާ ކަމަށް ރިޕޯޓް ކުރުމުން ކޯލިޝަނުން ބަޔާނެއް ވެސް ނެރެފައި ވަނިކޮށް, ރައީސް ޔާމީންގެ އެންމެ ގާތް މަގާމް އަދާކުރައްވާ މުސްތަފާ ކުރައްވާފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ކައިރީގައި ތިބި ހިޔަޅުތައް ކުރިކާލި ކަޑާލަ ކަޑާލައި ތިބީ ސިންގާ ޖަލަށް ލުމަށް ކަމަށެވެ.

“މަތިން، މިނިކާ ބާޒުތައް، ތިރިން ހިޔަޅުތައް ކުރިކާލީކަނޑާލަ ކަނޑާލަ، މިތިބެނީ ޖަންގަލީގެ ރަސްގެފާނު، ސިންގާ ހިފާ ހައްޔަރު ކުރެވޭތޯ ބަލަ ބަލައެވެ! ނިކަންބާރަށް ސިންގާގެ މައްޗައް ޖެހިގަނެ، ވެރިވެގަނެވޭތޯއެވެ!“ ރައީސް ޔާމީންގެ ޗީފް އޮފް ސްޓަރފް މުސްތަފާ ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީނާއި އަދުރޭގެ ގުޅުން އިންތިހާއަށް ގޯސްވެ ޕާޓީގެ ހަރަކާތްތަކުން ދުރުވެ އަދުރޭ މިހާރު އުޅުން ވަމުން ގެންދަވަނީ ވިޔަފާރިއެއް ތަރައްގީ ކުރުމުގެ މަސައްކަތުގައި ލ. އަތޮޅުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ޖޭޕީގެ ލީޑަރ ގާސިމް އިބުރާހިމް އަތުން ފައިސާ ނަންގަވާ އެސްއެމްއީ ބޭންކުން ތިން މިލިޔަން ރުފިޔާގެ ލޯނެއް ނެންގެވި ކަން ފަޅާ އަރައި އަދުރޭ އެކަހެރިކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!