ސަރުކާރުގެ ”ބޯހިޔާވެހިކަން އެންމެންނަށް“ ސިޔާސަތުގެ، ”އާއިލީ ބޯހިޔާވެހިކަން“ ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ބިމާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން މިއަދު އިތުރުކޮށްފި އެވެ
މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވާ ގޮތުން އަންނަ ޖޫން މަހުގެ 15، ގެ ނިޔަލަށް އެ މުއްދަތު ދަންމާލީ އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮތުމާއި ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާކަމަށް ބުނެ ގިނަ ބަޔަ ޝަކުވާ ކުރަމުން އަންނާތީ އެވެ.
ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް އެންމެ ފަހުން ދިން މުއްދަތު ހަމަވާނީ މި މޭ މަހުގެ ނިޔަލަށެވެ.
ބޯހިޔާވަހިކަން ހޯދަން މި ފަހަރު ކަނޑައެޅި އާއްމު ޝަރުތަކީ މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުން ނަމަވެސް މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުލެޓަށް ހުށަހެޅޭ ގޮތަށް ބަދަލު ގެނައުމެވެ. އަދި އެ މީހެއްގެ ނުކުޅެދުންތެރިކަމަކަށް މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި ހިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް ފޯމު ހުށަހެޅޭނެ އެވެ.
މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން 7900 ފްލެޓާއި 1250 އަކަފޫޓުގެ ޖުމްލަ 15000 ގޯތި ދޫކުރާނެ އެވެ.



