ކުރީގެ ތިން ރައީސުންކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި އިބްރާހިމް މުހައްމދު ސާލިހް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ބަހެއް ބުނެލާނަމައޭ ހިތައް އަރާކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ ރާއްޖެއިން ދައްކަން އޮތް ބޭރުގެ ބޮޑު ދަރަނި ދެއްކުމުން ޕިޗްގެ ރޭޓިންގައި ރާއްޖޭގެ އެއް ދަރަޖަ މައްޗަށް ޖެއްސުމުން އެކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައިގައެވެ.
ފަލާހް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޤައުމާއި ހަވާލުވެވަޑައިގެންނެވިއިރު ސަލާމަތްނުވާނެ ފަދަ ނުބައި ހާލަތަކަށް ކުރީގެ ވެރިކަންކުރި ރައީސުން ގެންގޮސްފައިވާކަމަށެވެ. އަދި އެކަމުން ގައުމު ސަލާމަތްކޮށް ދިވެހިރައްޔިތުންނަށް އަނބުރާ ހޯއްދަވައިދެއްވީތީ ރައީސް މުޢިއްޒުއަށް ފައްފަށުން މަރްހަބާއާއި ޝުކުރުދަންނަވާކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ ކުރީގެ ތިން ރައީސުން ތިއްބެވީ އެބޭފުން ނެގި ދަރަނިތައް މި ސަރުކާރަށް ނުދެއްކޭނެކަމަށް ހިތާ އުފަލުން އެކަމާއި މަލާމަތްކޮށް ހޭންކަމަށެވެ. އެހެންމަވަވެސް ރައީސް މުއިއްޒު މިވަނީ އެރަނިތައް ދައްކާ ހަލާސްކޮށް އަންނަން އޮތް ޖީލަށް ގައުމު ސަލާމަތްކޮށްދީފައިކަމަށް ފަލާހް ވިދާޅުވިއެވެ. އަދި އެކަމާއި ދިވެހިން އުފާކުރާއިރު ކުރީގެ ތިން ރައީސުން މި ސަރުކާރަށް ޝުކުރުގެ ބަހެއް ބުނެލާނަމައޭ ހިތައް އަރާކަމަށްވެސް ފަލާހް ވިދާޅުވިއެވެ.
“ އަޅުގަނޑު ހިތަށްއަރާ ކުރީގެ ރައީސް ޔާމީނާއި ރައީސް ނަޝީދު އާއި ރައީސް ސާލިހްގެ މި 3 ވެރިކަމުގައި ނަގާފައިވާ 1ބިލިއަން ޑޮލަރަށްވުރެ ބިޔަބޮޑު ދަރަނި މި 3 ވެރިންވެސް ނުދެއްކޭނޭހިތާ އުފަލުން ހޭންތިއްބާ މާތްﷲގެ ރަޙްމަތްފުޅުން ދައްކާ ހަލާސްކޮށް އަންނަން އޮތްޖީލަށް މިގައުމު ސަލާމަތްކޮށްދިނީތީ ހުރިހާ ދިވެހިލޮބުވެތި ރައްޔިތުން ރައީސް މުއިއްޒުއާއި މިސަރުކާރަށް ޝުކުރު އަދާކުރާ މިވަގުތުގައި މި 3 ރައީސުންވެސް ރައީސް މުއިއްޒުއާއި މިސަރުކާރަށް ޝުކުރުގެ ބަހެއް ބުނެލާނެނަމަ އޭ“ ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.
ފަލާހް ވިދާޅުވީ ރައީސް މުއިއްޒަކީ މިގައުމު އެދޭފަދަ ވަރުގަދަ ލީޑަރެއްކަމަށެވެ.
ޕިޗްްގެ ކްރެޑިޓް ރޭޓިންގައި މިހާތަނަށް ރާއްޖެއަށް ދީފައި އޮތީ ”ސީސީ“ އެވެ. އެހެންނަމަވެސް އެޖެންސީ މިއަދުވަނީ ރާއްޖޭގެ ރޭޓިން އެއް ދަރަޖަ މަތިކޮށް ’ސީސީސީ މައިނަސް‘ އަށް ބަދަލުކުރަން ނިންމާފައެވެ.
ފިޗް ރޭޓިންގްސްގެ ރިޕޯޓްގައި ބުނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ދަރަޖަ މަތިކުރުމަށް ނިންމީ މި އަހަރުގެ އޭޕްރީލް މަހުގައި ރާއްޖެއިން ދައްކަން އޮތް ސުކޫކުގެ ދަރަނި ދެއްކުމުން ރާއްޖެއަށް ބޭރުގެ ދަރަނި އަދާނުކުރެވިދާނެކަމަށް ބެލެވޭ ނުރައްކާ ކުޑަވެފައިވާތީކަމަށެވެ.



