އެމްޑީޕީ ކެނޑިޑޭޓް ސޯބެ އައްޑޫ ބައި އިލެކްސަން ކާމިޔާބު ކޮށްފި
ދެންމެ | 06 ޖޫން 2026

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގް (ސޯބެ) ކާމިޔާބުކުރައްވައިފި އެވެ.

މީ ދާދި ކައިރީގައި ބޭއްވި ދެ އިންތިހާބުން ސަރުކާރަށް އައްޑޫ ސިޓީން ނާކިޔާބީއާ ކުރިމަތިލާން ޖެހުނު ދެވަނަ ފަހަރެވެ.

މިއަދު ބައި-އިލެކްޝަންގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ޕީއެންސީގެ ފަރާތުން އަހުމަދު ސައީދުއެވެ. މި ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ މިހާރު  ދައްކާގޮތުން ސަރުކާރަށް އެ ދާއިރާގެ ގޮނޑި ދިފާއު ނުކުރެވި  އިދިކޮޅު އެމްޑީޕީއަށް އެ ގޮނޑި މިވަނީ ލިބިފައެވެ.

މި ކާމިޔާބީއާއި އެކު މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު 12 އިން 13 އަށް އިތުރުވީ އެވެ. އަދި ސަރުުކާރު ހިންގާ ޕީއެންސީގެ ސުޕާ މެޖޯރިޓީި މެމްބަރުންގެ އަދަދު 75 ކުން 74 ވެއްޓުނީއެވެ.

މީ އައްޑޫ ސިޓީން ސަރުކާރުން ހިންގާ ޕީއެންސީއަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހޭ ދެވަނަ ފަހަރުއެވެ. ދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައިވެސް އައްޑޫ ސިޓީގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ މެމްބަރުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!