މާލޭން ދެކުނުގެ ރަށެއްގެ ކަންމަތީ ފިހާރައަކުން ބޮޑު ކޮފީ ފުޅިއެއް ވަގަށް ނެގި މީހަކު ޖަލަށްލާން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު، ފިހާރައަކުން ކޮފީ ފުޅިއެއް ވަގަށް ނެގި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ އެ ހާދިސާ ހިނގި ރަށުގެ ފިރިހެނަކާ ދެކޮޅަށެވެ. އޭނާއާ ދެކޮޅަށް އުފުލާފައިވަނީ ވައްކަމުގެ ދައުވާއެވެ.
ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގެ ޝަރިއަތުގައި ދައުވާ ލިބުނު މީހާވަނީ ކުށަށް އިއުތިރާފުވެފައެވެ. ޝަރިއަތުގައި ކުށަށް އިއުތިރާފުވެ، ކޮފީ ފުޅީގެ އަގަށްވާ ފައިސާ ދައްކައިފައި ވާނެ ކަމަށްވެސް ދައުވާ ލިބުނު މީހާވަނީ ޝަރިއަތުގައި ބުނެފައެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ، އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމް ކުރިނަމަވެސް، އޭނާގެ ހާލަތަށް ބަލައި، އަދި ކުށަށް އިއުތިރާފުވެފައިވާތީ އަދަބުވަނީ ތިން މަސް ދުވަހަށް ގޭ ބަންދު ކުރުމަށް ބަދަލުކޮށްފައެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 200 ރުފިޔާ ނަގައިދީފައިވެއެވެ.



