”ރައީސް ޔާމީންގެ 500 ޕަސެންޓް އިތުބާރު އަދުރޭއަށް އެބައޮތް“
ދެންމެ | 28 ސެޕްޓެމްބަރ 2022

ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަތުން ގިނަ އަދަދެއްގެ ފައިސާ ނެނގިކަން ރައީސް އަބްދުﷲ ޔާމީނަށް ފަޅައިއަރައި، ޕާޓީގެ ލީޑާޝިޕުން ”އެހެލާފައިވާ“ ކަމަށް ބައެއް ބޭފުޅުން ކުރައްވާ ތުހުމަތުތައް އެޕާޓީން އަނެއްކާވެސް ދޮގުކޮށްފި އެވެ.

ޕީއެންސީގެ ރައީސްކަން ކުރައްވަ އަދުރޭ އަކީ ރައީސް ޔާމީން ޖަލަށްލީ ދުވަސްވަރު ވެސް އިދިކޮޅު ކޯލިޝަންގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ބޭފުޅާއެވެ.

ރައީސް ޔާމީން ވެރިކަމުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ވެސް 500 ޕަސެންޓް އިތުބާރު އޮތް ކަމަށް އޭރު އެމަނިކުފާން ވަނީ ވިދާޅުވެފަ އެވެ.

އޭނާއަށް ވަރަށް ކުޑަ އިންޓްރެސްޓެއްގައި ސަރުކާރުން ލޯނު ދޫކޮށްފައިވާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އަތުން ވެސް ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި، އެކަންކަން ޔާމީނަށް އެނގި، ސިޔާސީ ކަންކަމުން އަދުރޭ އެކަހެރިކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އަދުރޭ، ޔާމީނަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވާ، ދެކޮޅުވެރި ރޭވުންތަކެއް ރާވާ އޯޑިއޯތަކެއްގެ މައްސަލައެއް އުޅޭ ކަމަށް ވެސް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ނޫސްވެރިންގެ ގުރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!