ހިޔާ 8ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ދެންމެ | 20 ޖުލައި 2026

ހިޔާ ފްލެޓްގެ 8 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 13:27 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފަޔާފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް، އަލިފާން ކޮންޓްރޯލްކޮށް ނިއްވާލުމުގެ މަސައްކަތް ފަށައިފައެވެ. އަދި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ވަނީ އެއްކޮށް ނިއްވާލައިފަ އެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ޓަވަރުގެ 19ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބަދިގޭގަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، އަލިފާނުގެ ސަބަބުން އެޕާޓްމަންޓުގެ ބަދިގެއަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފަ އެވެ.

ބަދިގޭގައި ހުރި ބައެއް ސާމާނުތައް އަނދާފައިވާއިރު، އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު އަދި ކަށަވަރުކުރެވިފައި ނުވެއެވެ. މި މައްސަލަ ކަމާބެހޭ ފަރާތްތަކުން ދަނީ އިތުރަށް ބަލަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!