ރާޅުގަނޑު ސަރަހައްދުގައި ބައިނަލްއަގުވާމީ ސާފިންގް ސްޓޭޑިއަމް އެޅުމުގެ މަސައްކަތް ފަށައިފި
ދެންމެ | 25 ޖުލައި 2026

ވެރިރަށް މާލޭގައި އޮންނަ ރާޅުގަނޑު ސަރަހައްދުގައި ބަނަލްއަގުވާމީ ސާފިންގް ސްޓޭޑިއަމްއެއް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ގެނެސްދޭ ”ދަ ޕަލްސް“ ޕޮޑްކާސްޓް ސިލްސިލާގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޒުވާނުންނަކީ ހަށިހެޔޮ ކުޅިވަރު ކުޅޭ ހިތްވާ ބަޔަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތައް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ. އެ މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހަމައެކަނި ކުޅެން ޖެހެނީ ވަކިވަތަރެއްގެ ކުޅިވަރެއް ނޫން ކަމަށެވެ. އެގޮތުން ޒުވާނުން ވަރަށް ބައިވަރު ކުޅިވަރުތަކަށް ޝައުގުވެރުކަން ހުންނަ ކަމަށް ރައީސް ފާހަގަ ކުރެއްވެވި އެވެ.

ރައީސް ވިދާޅުވީ މާލޭ ރާޅުގަނޑު ސަރަހައްދު ތަރައްގީ ކުރުމުގެ ވާހަކަ އަބަދު ވެސް ދައްކަމުން އަންނަ ކަމަށެވެ. ނަމަވެސް އެތަން އޮތީ ތަރައްގީނުވެ ކަމަށާއި އެހެން ނަމަވެސް މިހާރު އިންޓަޝޭނަލް ސާފިންގް ސްޓޭޑިއަމްގެ ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އެ ސަރަހައްދުގައި ފަށައިގެން ކުރިޔަށްދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިގޮތަށް ފަށާފައިވާ މަސައްކަތްތައް މިއަހަރުތެރޭ ނޫނީ އަންނަ އަހަރުގެ ކުރީކޮޅު މުޅިން ނިންމާލެވޭނެ ކަމަށް ގަބޫލުކުރައްވަވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!