ބޯ ތަލަ މީހެއް ބޮލުގައި ލާ 4 ފުޅިތެޔޮ ވަގަށް ނެގުމުން އެންމެ އަޖައިބު ވެއްޖެ
ދެންމެ | 06 ސެޕްޓެމްބަރ 2026

ބޯ ތަލަކޮށްހުރި މީހަކު ފިހާރައަކުން ވަގަށް ތެއޮފުޅިތަކެއް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމެއް ހިނގާފައިވަނީ ހުކުރުދުވަހު ހެނދުނުގެ ވަގުތެއްގައި މާލޭގައި ހުންނަ އެގްރޯ މާޓް ފިހާރައިގައެވެ. އެގްރޯ މާޓުން ވަނީ އެ ފިހާރައިން ތެޔޮފުޅިތައް ވަގަށްނެގި މީހާގެ ވީޑިއޯ އާއްމުކޮށްފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ވަރަށް ސިއްރުން ހުރެ ހަތަރު ތެއޮފުޅި އަތުގައި އޮތް ކޮތަޅު ތެރެއަށް ލައެވެ. އަދި އޭނާ ވަނީ ނެގި އެ ތެޔޮފުޅިތަކަށް ފައިސާ ނުދައްކާ ގޮސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ނަގާފައިވަނީ، ނަވަރަތުނާ ކިޔާ ބްރޭންޑެއްގެ ތެއޮ ފުޅި ތަކެކެވެ. އެބާވަތުގެ ތެލަކީ ބޯ މަސާޖުކުރުމަށް ބޭނުންކުރާ ޒާތުގެ ތެލެކެވެ.

މި މައްސަލަ އެ ފިހާރައިގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައި ނުވާކަމަށް އެ ފިހާރައިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ވައްކަންކުރާ ގިނަ މީހުން ވައްކަން ކުރަނީ މަސްތުވާތަކެތި ހޯދުމަށް ފައިސާ ހޯދުމަށްކަމަށް ފުލުހުން އާއްމުރާ މައުލޫމާތުން ފާހަގަކުރެވެއެވެ. އެގޮތުން ވައްކަންކުރާ ބައެއް މީހުން ގޭގެ ބަދިގޭގައި ހުންނަ ރިހާކުރު ފުޅިއާއި ގެރިކިރުދަޅު ފަދަ ތަކެތިވެސް ވަގަށްނަގައި ވިއްކާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!