ހޫނު ގަދަ ދުވަސްތަކަކަށްފަހު ކުރިޔަށް ޮއތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެކެމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
ފެސިފިކް ކަނޑުގައި ”އެލްނީނޯ “ ގެ ބާރު މިހާރު ދަނީ ގަދަވަމުންކަމަށާއި އެކަމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެކެމަށް މުސޫމާއި ބެހޭ ގައުމީ އިދާރާއިން ދާދީ ފަހުން ވަނީ ބުނެފަ އެވެ. އެގޮތުން މި މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް، މުޅި ރާއްޖޭގެ ހޫނުމިންވެސް އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މިިދޔަ ދެ ތިން ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވަރަށް ހޫނެވެ. މެޓް އިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ބައެއް ސަރަހައްދުތަކުގެ ހޫނުމުން އާއްމުންކޮށް ހުންނަވަރަށް ވުރެ މައްޗަށް އަރާ 40 ޑިގްރީ ގާތްކުރި އެވެ.
މެޓްއިން މިއަދު ބުނީ ހޫނު ގަދަދުވަސްތަކަށްފަހު ކުރިޔަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެކެމަށެވެ. އެގޮތުން ބައެއް ހިސާބުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ކަނޑު ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެ އެވެ.
މިއަދުވެސް ބޯކޮށް ވެހި ވާރޭވެހި ވައިގަދަވާނެތީ ރާއްޖޭގެ ބޮޑު ސަރަހައްދަށް މެޓް އޮފީހުން ވަނީ އެލާޓް ނެރެފަ އެވެ.


