އުއްތަމަ ފަޑިޔާރު ހިމެނޭހެން ހުރިހާ ފަޑިޔާރުން “ ޖޭއެސްސީގެ ރިސްވަތު ފަރިއްކޮޅު“ ފަރިއްކުޅުވި އިރު, ހަމައެކަނި ފަޑިޔާރު މަހާޒު ސުލޫކީ މައްސަލަ ބަލަނީ ކީއްވެ ހެއްޔެވެ!
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީ އިން ތުހުމަތު ކުރާ “ރިސްވަތު ފަރިއްކޮޅު“ ން އެންމެ ގިނައިން ބޮޑު ބައެއް ގޮހޮރަށް އެތެރެ ކުރައްވާފައި ވަނީ އުއްތަމަ ފަޑިޔާރެވެ.
ސްޕްރީމް ކޯޓުގެ ހަތް ފަޑިޔާރުން އެ ސުފުރާއަކުން އެކައްޗެއް ފަރިއްކުޅުވާފައިވާއިރު ހަމަ އެކަނި އެންމެ ފަޑިޔާރެއް ސުލޫކުވީ ކީއްވެ ތޯ އެވެ!
އިންޑިޔާގެ ކާނާއަށް ހާއްސަ ރެސްޓޯރެންޓަކުން މަހާޒުގެ އޯޑަށް އެމަނިކުފާނު ފައިސާ ދައްކާ ގޮތަށް ގެނެވުނު ފަރިއްކޮޅުގައި ޗިކަން ބިރިޔާންނާއި ނާނާއި ޗިކަން ޓިއްކާ މަސާލާ ހިމެނޭ އިރު ބަނޑު ފަޅައިގެންދާހާ ވަރަށް އުއްތަމަ ފަޑިޔާރު ވެސް އެދުވަހު ފަރިއްކުޅުވި ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ސޫޖީ ވެސް އެމަނިކުފާން ހިތްޕެވި ކަމަށް ވެއެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އާއްމު ގޮތަކަށް ސްޕްރީމް ކޯޓުގެ ފަޑިޔާރުން ރެސްޓޯރެންޓްތަކުން ކާނާ ގެނެސްގެން ކައިހަދަ އެވެ. އެގޮތުން އެދުވަހަކީ ފަޑިޔާރު މަހާޒުގެ ހަރަދުގައި ކެއުން ގެނައި ދުވަހެވެ. މި ފަރިއްކޮޅުގައި އުއްތަމަ ފަޑިޔާރު ހިމެނޭހެން ހުރިހާ ފަޑިޔާރުން ގަދައަށް ބަނޑު ބޮޑުވަންދެން ކައިފައި ވެއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ, ސުޕްރީމް ކޯޓުން ބެލި އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅާ، އެ ޝަރީއަތް ހިންގުމުގައި ބައިވެރިވި ފަނޑިޔާރު މަހާޒު ޙަވާލުވެވަޑައިގެންފައިވާ ކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
ރިސްވަތު ފަރިއްކޮޅު ގެ މައްސަލަ ބޮޑުވެފައި ވާއިރު ޖޭއެސްސީގެ ސުލޫކް ކޮމެޓީގެ މެމްބަރުން ސްޕްރީމް ކޯޓުގެ އަންހެން ދެ މުވައްޒަފުންނާއި މޮށުނު މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.