ރައީސުލް ޖުމުހޫރިއްޔާ މަގާމުގައި ހުންނަވައިގެން އަމިއްލަފުޅު ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވަން ޖެހިވަޑައިގަތުމަކީ ޑިމޮކްރެޓިކް ނިޒާމްތަކުގައި ވެރިކަން ނިމިއްޖެ ކަމުގެ އަލާމާތެކެވެ.
އެމްޑީޕީ ޕްރައިމަރީއަކީ ސޯހިލްގެ ވެރިކަމަށް ރައްޔިތުންގެ އިތުބާރު އޮތްތޯ ނުވަތަ ނޫންތޯ ނަނގާ ވޯޓެކެވެ. އެވޯޓްގެ 75 ޕަސެންޓް ކާމިޔާބު ކުރެއްވި ނަމަވެސް ފެންނަށް އޮތް ބޮޑު މަންޒަރަކީ ގައުނުގެ 75 ޕަސެންޓް މީހުން ސޯލިހަށް ނޫނެކޭ ބުނެފި ކަމަށެވެ. އެހެނީ އެމްޑީޕީއަށް ތާއީދު ނުކުރާ އާބާދީ އަކީ 59 ޕަސެންޓް ކަމަށް ބަލައިފި ނަމަ އޭގެ ތެރެއިން އެމްޑީޕީ ސަޕޯޓަރުންގެ ތެރެއިން ސޯލިހަށް ސަޕޯޓް ނުކުރާ 25 ޕަސެންޓް މީހުން އިތުބާރު ނުކުރުމުން ގައުމުގެ 75 ޕަސެންޓް ސާލިހަށް އެވަނީ ނޫނެކޭ ބުނެފަ އެވެ.
މިސާލަކަށް އެމްޑީޕީ ޕްރައިމަރީން ސޯލިހަށް އެންމެ ގިނަވެގެން ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވެނީ 52 ޕަސެންޓް ވޯޓެވެ. އެހެން ވެއްޖެނަމަ ސޯލިހަށް ސަޕޯޓު ނުކުރާ އެމްޑީޕީ ސަޕޯޓަރުންގެ 48 ޕަސެންޓް މީހުންނާއި ގައުމުގެ އާބާދީގެ ތެރެއިން 45 އެމްޑީޕީއަށް ތާއީދު ނުކުރާ ގާތްގަނޑަކަށް ޕަސެންޓް މީހުންނާއި އެކު 93 މީހުން އެވަނީ ސޯލިހްގެ ވެރިކަމަށް ނޫނެކޭ ބުނެފަ އެވެ. އެހެން ވެއްޖެނަމަ 7 ޕަސެންޓް ވޯޓާއި އެކު ވަހީދަށްވުރެ 2 ޕަސެންޓް ވޯޓު ސޯލިހް ހޯއްދަވާނެ އެވެ.
މާނަކީ އެމްޑީޕީ ޕްރައިމަރީ ސޯލިހު ކާމިޔާބު ކުރި ނަމަވެސް ޑިމޮކްރިޓިކް ވެރިކަމެއް ހިނގާ ގައުމެއްގައި ވެރިކަމުގައި އިތުރަށް ހުރުމުގެ އަހްލާގީ ހައިސިއްޔަތު މިހާރުވެސް ސާލިހަށް ވަނީ ގެއްލިފަ އެވެ. އަދި މީގެ މާނައަކީ އިތުރު ކުރިމަތި ލުމުގެ ހުރިހާ އަހްލާގީ ޙައިސިއްޔަތެއް ސޯލިހަށް ގެއްލިގެން ދިޔައީ އެވެ.