އިބޫ ޓީމުން ޗޯރު ހަދާތީ، ގައްދޫ ވޯޓުލާ މަރުކަޒު ފުޑާލައި ވޯޓު ކަރުދާސްތައް އިރާލައިފި
ދެންމެ | 28 ޖެނުއަރީ 2023

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ގދ. ގައްދޫގައި ކުރިއަށް ދަނިކޮށް، ބޮޑީކެމެރާއެއް ހަރުކޮށްގެން މީހަކު ވޯޓުލީ މައްސަލައެއް ހޫނުވެ، ވޯޓުފޮށި ބަންޑުން ޖަހާލައި، ވޯޓު ކަރުދާސްތައް ވީދާލައިފި އެވެ.

އެކަމަކު މައްސަލަ ހައްލުކޮށް މިހާރު ވަނީ އަލުން ވޯޓުލާން ފަށައިފަ އެވެ.

ގައްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޒާހިރު ޓްވިޓާގައި ޕޯސްޓްކުރެއްވި ވީޑިއޯއެއްގައި ފެންނަނީ، ބަޔަކު ރުޅިގަދަވެ، ވޯޓު ފޮށީގެ މަތި ނަގައި އެ ބިންމައްޗަށް އެއްލާލި މަންޒަރެވެ. އަދި ބިންމަތީގައި ހުރި ވޯޓު ކަރުދާސްތައް އިރައި ބޮނޑިކޮށް ހަދާ ތަން ވެސް ފެނެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ރަޝީދު (އިބުރޭ) ވިދާޅުވި ގޮތުގައި ވޯޓުލާ މަރުކަޒަށް ވަަދެ ބަޔަކު ފެން ވެސް ޖަހާފައިވެ އެވެ. ވޯޓު ކަރުދާސްތައް ނަގައި ވީދާލީ އޭގެ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ،

އެހެންނަމަވެސް، ވޯޓުލުން މެދުކެނޑިފައި އޮތުމަށްފަހު މިހާރު އަލުން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގައި ވެސް ބައެއް ވޯޓު ފޮށިތައް ކައިރީގައި މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެގޮތުން ލިސްޓުގައި ނަން ނެތް މީހުން ވޯޓުލި ކަމަށް ބުނާ މައްސަލަތަކެއް ދިމާވި އެވެ. އެފަދަ މައްސަލަތަކެއް ޖެހިގެން ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ގއ. ވިލިނގިލީގެ ވޯޓު ފޮއްޓާއި ގދ. ހޯނޑެއްދޫގައި ހުރި އެ ރަށު ވޯޓުފުށީގެ ވޯޓުލުން މެދުކަނޑާލި އެވެ. ނަމަވެސް މިހާރު ވަނީ މައްސަލަ ހައްލުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!