ކުއްލި ގޮތަކަށް ލ. ފޮނަދޫއިން ފެނުގެ ހިދުމަތް ކަނޑާލައިފި
ދެންމެ | 10 ފެބްރުއަރީ 2023

ލ. ފޮނަދޫއިން އަނެއްކާ ވެސް ފެނުގެ ހިދުމަތް ކުއްލިއަކަށް ކަނޑައިގެން ހިގައްޖެ އެވެ.

ފޮނަދޫ ފެނަކަ ފްރާންޗުން އެއްވެސް އެއްގުމަކާއި ނުލައި ފެނުގެ ހިދުމަތް ކަނޑާލާފައިވާއިރު ފެން ލިބޭނެ ވަގުތެއް ވެސް ހާމަ ކޮށްފައެއް ނުވެ އެވެ.

ލ. ފޮނަދޫއަކީ އާއްމުކޮށް ކުރިން އެންގުމަކާއި ނުލައި ފެނުގެ ހިދުމަތް ކަނޑާލާ ރަށެކެވެ. ފެނަކައިން ރަށްރަށުގައި ފެން ޕްލާންޓްތައް ބަހައްޓަމުން ދިޔަ ނަމަވެސް ފެނަކަ ސައީދުގެ އެމްޑީ ކަމުގައި ރައްޔިތުންނަށް ރަގަޅު ހިދުމަތެއް ނުދެވެ އެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ސައީދަކީ ވަގެކެވެ.

ފެނުގެ ހިދުމަތް އަލުން ދެވޭނެ ވަގުތެއް ފެނަކައިން ހާމަ ކޮށްފައެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!