އަންނަ ރިޔާސީ އިންތިހާބަށް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ނިކުމެ ވަޑައިގަންނަވަން ނިންމެވުމުން ސަރުކާރުގައި ތިއްބެވި އެޕާޓީގެ މެމްބަރުން ޖޭޕީން ވަކިވުމަށް ރައީސް އޮފީހުން އަންގައިފި އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ޖޭޕީގެ ފަރާތުން މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް އޮތީ އެންމެ ގޮތެއް ކަމަށާއި މަގާމުގައި ހުންނަވަން ބޭނުންފުޅުވާ ނަމަ ޖޭޕީން ވަކިވުން ކަމަށެވެ.
ޖޭޕީގެ ލީޑަރ އަދި ރިޔާސީ ކެޑިޑޭޓް ގާސިމް ވިދާޅުވީ ޖޭޕީގެ މެމްބަރުން މަގާމްތަކުން ވަކިކޮށްފިނަމަ ސަރުކާރުގރ ސައްހަކަން ގެއްލޭނެ ކަމަށާއި ރައީސް ސޯލިހް ވެސް މަގާމުން ވަކި ކުރައްވާނެ ކަމަށެވެ.
ޖޭޕީގެ މަގާމްތަކުގައި ތިއްބެވި ބައެއް ބޭފުޅުން މީގެ ކުރިން ވެސް ވަނީ ޖޭޕީ ދޫކުރައްވައި ރައީސް ސޯލިހާއި ބައިއަތު ހިއްޕަވާފަ އެވެ.
ގުޅުންހުރި ލިޔުންތައް