ހުޅުމާލޭ ގޮނޑުދޮށުގައި ދެ މީހަކު ޖިންސީގުޅުން ހިންގާ ވީޑިއޯއެއް އާއްމުވެ އެމައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
މަންޒަރު ދުއް މީހަކު ބުނީ ޖިންސީ ގުޅުން ހިންގި ސަރަހައްދަށް ފުލުހުންގެ ފޮރިންސިކް ޓީމާއި ތަހްގީގީ ފުލުހުން ގޮސް އެސަރަހައްދުން ކަމާއި ގުޅުން ހުރި ހެކި ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އޭނާ ބުނީ ޑީއެންއޭ ހެދުމަށް ބޭނުންވާ ބައެއް ތަކެތި ފުލުހުން އެ ސަރަހައްދުން ގެންގޮސްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެސަރަހައްދުން ވަނީ މަނިހުރި ކޮންޑަމެއް ފުލުހުން ހޯދާފަ އެވެ.
އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ އެއްވެސް ލަދެއް ނެތި ދެ މީހަކު ހުޅުމާލޭ ބީޗްގައި ގައިގޯޅިވެ ޖިންސީގުޅުން ހިންގާކަމަށް ބެލެވޭ މަންޒަރެވެ.
ވީޑިއޯއާއި ގުޅިގެން ގިނަ ބައެއްގެ ކަނބޮޑުވުން ފާޅުކޮށްފައިވާއިރު، ހުޅުމާލޭގައި އާއްމު އިޖްތިމާއީ މިންގަނޑާ ހިލާފު އަމަލުތައް މިހާރު އާއްމުވެފައިވާކަމަށް ގިނަ ބަޔަކު ބުނެއެވެ.
ދާދިފަހުން ހުޅުމާލޭ އާއްމު ތަންތަނުގައި ބަރަހަނާ ފޮޓޯ ނަގާ އަމިއްލަ ފޮޓޯ ވިއްކުމުގެ ވިޔަފާރި ކުރާ އަންހެނެއްގެ މައްސަލަވެސް ފެންމަތިވިއެވެ. އެ މައްސަލަވެސް ބަލަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.
ގުޅުންހުރި ލިޔުންތައް