ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ކަމުން އިވާ ބޭރުކުރުމަށް ފަހު އެމަގާމަށް ޑީއާރުޕީގެ ރޮޒައިނާ އައްޔަން ކުރަން ރައީސް އިބޫ ނިންމައިފި އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރޮޒައިނާއަށް އެމަގާމް ދިނުމަށް ތަސްމީނާއި ނާސިޒް ވެސް ވަނީ އިބޫއަށް އަންގާފަ އެވެ.
އިބޫއަށް ފޯނުން ގުޅާ ރޮޒައިނާ ބުނެފައި ވަނީ އިބޫގެ ދިފާއުގައި މަގުމަތީގަ އާއި ސޯސިއަލް މީޑިޔާގައި މީހުންނާއި ޒުވާބުކޮށް އައުގުރާނަ ގޮވާ ހަދަނީ އޭނާ ކަމަށާއި އެހެންވުނުން އޭނާއަށް ވުރެ ގާބިލް މީހަކު އެމަގާމަށް ނެތް ކަމަށެވެ.
ރޮޒައިނާ އިތުރަށް ބުނެފައި ވަނީ އިވާ އަކީ އަންހެނެއް ކަން އޭނާ ޔަގީން ކޮށްފައިވާ ކަމަށާއި އަންހެނެއް ބޭރު ކުރުމަށް ފަހު އެމަގާމް ދޭންވާނީ އަންހެނަކަށް ކަމަށެވެ. އަދި އޭނާ އަކީ އަންހެނެއްކަން އިބޫއަށް ސާބިތުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށް ވެސް ޑީއާރުޕީ ރޮޒައިނާ ވިދާޅުވި އެވެ.