ބޮލީވުޑް އަދި ހޮލީވުޑްގައި މަސައްކަތް ކުރާ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްޅާގެ ފިލްމީ ކެރިއަރުގެ ކުރީކޮޅު ކުޅެން ލިބުނު ފިލްމެއްގެ ރޯލުގައި ތަފާތު ކަންތައް ތަކެއް ކުރަން ޖެހުނު ކަމަށް ބުނެފިއެވެ.
2002 – 2003 ހިސާބުގައި އަންޑަ ކަވަ އެޖެންޓެއްގެ ރޯލު ކުޅެން ފިލްމަކުން ލިބުނު ކަމަށާއި އެ މަސައްކަތް ކުރި ކަމަށެވެ. ޕްރިޔަންކާ ރޯލުގެ ސަބަބުން ތަފާތު ކަންތައް ތަކެއް ކުރަން ޖެހުނު ކަމަށް ޒޯއީ ރިޕޯޓަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.
ފިލްމު ޝޫޓްކުރަމުން ދިޔަ އިރު އަންޑަ ކަވަ އެޖެންޓެއްގެ ހައިސިއްޔަތުން ފިރިހެން އެކްޓަރަކު ހައްދާލުމަށް ތަންކޮޅެއް ގައިގޯޅި މަންޒަރުތަކެއް ކުޅެން ޖެހުނު ކަމަށާއި އެމަންޒަރުތައް ކުޅެމުން ދިޔަ އިރު ސްކްރިޕްޓްގައި ނެތް އަދި ސްޓޯރީ އާއި ނުގުޅޭ ބައެއް ކަންކަން ކުރުމަށް ޑައިރެކްޓަރު ބުނަމުން ދިޔަކަމަށެވެ.
އެގޮތުން އެ ފިލްމުގެ މަންޒަރުގެ ވަކި ހިސާބަކުން ޖަނގިޔާ ވެސް ބާލާ އެއްކޮށް ބަރަހަނާ ވުމަށް ޑައިރެކްޓަރު އެންގިކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.
އެމަންޒަރުގައި ކުރަން ކަނޑައެޅިފައިވަ ކަމެއް ނޫންކަމަށާއި އެކަން ނުކުރެވޭނެ ކަމަށް ބުނެ އޭގެ 3 ދުވަސް ފަހުން ފިލްމު ދޫކޮށްލި ކަމަށް ޕްރިޔަންކާ ބުނެފައެވެ.
ޕްރިޔަންކާއަކީ ފިލްމީ ކެރިއަރުގެ ކުރީކޮޅު ދިމާވި ބައެއް ކަންކަން ފަހަކަށް އައިސް ހިއްސާކުރަމުން އަންނަ ފިލްމީ ފަންނާނެކެވެ.