އެމްޑީޕީގެ ހަލާކަކީ ފައްޔާޒުގެ ސިގު ރުޅިވެރިކަމާއި ރުންކުރުކަމާއި ބޮޑާކަމާއި ވާނުވާ ނޭގުމެވެ!
ދެންމެ | 04 އޯގަސްޓް 2023

ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ނެއް މީހަކަށް ސިޔާސީ ގޮތުން ދައްކާނެ މާ ގިނަ ވާހަކަ ތަކެއް ނުހުންނާނެއެވެ. ފައްޔާޒު އިސްމާއިލް ނުވަތަ އެމްޑީޕީގެ ޗެއަރޕާރސަން ދަންނަ ބަޔަކަށް ފައްޔާޒް އަކީ ސިޔާސީ މީހެއް ކަމަށް ޤަބޫލު ނުކުރެވިގެން އުޅެނީ މީހާގެ ހުންނަ ރުންކުރު ކަމާއި ރުޅިގަދަ ކަމާއި އަދި ރައްޔިތުންނާއި ނުގުޅޭ ސިފަތަކުގެ ސަބަބުންނެވެ.

 

ޒަމާންވީ ރަހުމަތްތެރި ކަމުގެ ތެރެއިން އައިސް ވުޖޫދުވި ސިޔާސީ ހަރަކާތް ބޮޑު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތައް ރާއްޖޭގައި ފަށައިގަތީއްސުރެ އެޕާޓީގެ އެންމެ އިސްކަންދީ ވަކާލާތު ކުރިތަން ފެނިގެންދިޔައީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭނެ ކަމުގެ ވާހަކައެވެ. ދިވެހިރާއްޖޭގައި ޒަމާންވި ޑިމޮކްރެޓިކް އުސޫލުގެ ތެރެއިން ޤާއިމް ކުރެވުނު ފުރަތަމަ ވެރިކަން ވެގެން ދިޔައީވެސް އެމްޑީޕީގެ މިއަސާސްތައް ރައްޔިތުންނަށް ކަމުގޮސް، އެމްޑީޕީގެ ސިޔާސަތު ތަކަށް ބަރޫސާވެ ރައްޔިތުން އެމްޑީޕީއާއި ވެރިކަން ހަވާލުކުރީ ވަރަށްވެސް ފޮނި އުއްމީދުގައެވެ.

 

ދިވެހިންގެ ޑިމޮކްރެޓިކް ހަޔާތުގައި 2008 ން ފެށިގެން މިއަދާ ހަމައަށް އެމްޑީޕީ އިން ވަނީ ވެރިކަމުގެ 2 ދައުރު ކާމިކޔާބުކޮށްފައެވެ. އެހެން ނަމަވެސް ފެންނާން އޮތް ހަޤީގަތަކީ އެމްޑީޕީ އުފެދުނީއްސުރެ ވަކާލާތު ކުރަމުން އައި އެއްވެސް ސިފައެއް އެމްޑީން މިހާރު ހިންގަމުންދާ ވެރިކަމުގައި ނެތް ކަމެވެ. އެޕާޓީގެ އޫސުލުތަކުން ނެއްޓި ވެރިކަމުގެ ވައްޓަފާޅިވަނީ މައުމޫންގެ ދިގު 30 ގެ ބައްޓަމަށް އަނބުރާލާފައެވެ.

 

އެމްޑީޕީގެ ޅަފަތުގައި އޭރު ދިވެހިރާއްޖޭގައި ވެރިކަން ކުރާ ފަރާތްތަކުން ކުރަމުން އައި އިންތިހާ އަށް ގޯސް ކަންކަން މިއަދުގެ އެމްޑީޕީ ސަރުކާރުން “ނޯރމަލް” ކަން ކަމަށް ހަދައި ރައްޔިތުންނަށް އަނެއްކާވެސް ވިސްނަދޭން ފަށާފައިވަނީ މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ކުރިގޮތުގެ ވާހަކަތާކާއި ކަންކަމެވެ.

 

ފައްޔާޒު އާއި އެމްޑީޕީ،

 

އެމްޑީޕީގެ ހިންގުން އޮތީ އެ ޕާޓީގެ ސައިޒުގައި ނޫން ކަމަށާއި ޕާޓީގެ މަސައްކަތްތައް ވެސް ހުރީ ލަދުވެތިވާންޖެހޭ ހިސާބުގައި ކަމަށް ބުނެ އެޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ، އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ޕާޓީގެ ހާލަތު މާބޮޑުތަނުން ދަށްވެފައިވާކަން ދިވެހި ސިޔާސީ މަސްރަހު ދަންނަ ކޮންމެ މީހަކުވެސް ހެކިވާނެއެވެ. މިދިޔަ އަހަރު އޭޕްރިލް 16 ވަނަ ދުވަހު ބޭއްވުނު އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު މިއަދާއި ހަމަޔަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެޕާޓީގެ މެމްބަރޝިޕްދަނީ ދަށަށެވެ. ޕާޓީ ދަނީ ހިނދެމުން ސަޒު ކުޑަވަމުންނެވެ. 18 އަހަރުގެ އެމްޑީޕީގެ ހަޔާތުގައި، ވެރިކަމުގެ އޮވެމެ އެޕާޓީގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައިކަން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން އެހުރީ ފެންނާށެވެ.

 

ރަށްތަކުގެ ޖަގަހަތައް ފިސާރި ރަނގަޅަށް ހިންގާލާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ހޮވަމަށް ބޭއްވުނު އިންތިހާބުގެ ކެމްޕޭނުގައި ފައްޔާޒު ވަރަށް ގިނައިން ތަކުރާރުކުރެއްވިއެވެ. “އަޅުގަނޑު މި ހުރީ ތިޔަބޭފުޅުންގެ އޮފީސްތައް ހިންގައިލައި، އަންހެނުންގެ ރޫހު ފިސާރި ރަނގަޅަށް ގުގުމައިލަން އަޅުގަނޑުގެ އެހީތެރިކަން ދޭން، ފުރިހަމަ އަށް އެއްބާރުލުން ދޭން ތައްޔާރަށް” ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

 

ޕާޓީގެ އެންމެ މުހިންމު މަޤާމަށް އިންތިހާބުވެ، މިއަދާއި ހަމަޔަށް ކުރެވުނު އެއްވެސް މަސައްކަތެއް ފެންނާކަށް ނެތެވެ. ހިންގާނުލެވި ފެންނަނީ ޕާޓީގެ އުސޫލުތައް ނުދެމެހެއްޓި، ހުރިހާ ގުނަވަނަތަކެއް ފެއިލްވެ ޕާޓީ ރޫޅެމުންދާ ތަނެވެ. ސަބަބަކީ އެންމެ ކަމެކެވެ. ސިޔާސީ މަސައްކަތެއް ކުރުމަށް ހަވާލުވީ ސިޔާސީ ފަރާތަކަށް ނުވުން ކަމުގައި ވުމެވެ.

 

އެމްޑީޕީގެ ޗެއާރޕާސަން ކަމާއި ހަވާލުވުމަށްފަހު ފައްޔާޒު ފުރަތަމަ ކުރިމަތިލައްވަން ޖެހުނު އެންމެ ބޮޑު އިންތިހާބަކަށްވާނީ މިއަރުގެ ރިޔާސީ އިންތިހާބެވެ. އެހެން ނަމަވެސް ފެންނަން އޮތް ހަޤީޤަތަކީ މިއިންތިހާބުގެ އެއްވެސް ކަމެއްގައި ފައްޔާޒުގެ އިރުޝާދު ނެތްކަމެވެ. އިންތިހާބުގެ ކެމްޕއިން މެނޭޖަރ އަކަށްވެފައިވަނީ އެހެން މީހެކެވެ. މިކަމުން ދޭހަވާ އެންމެ ބޮޑު އެއް ކަމަކީ ފައްޔާޒު އަށް ސިޔާސީ މަސައްކަތް ކުރައްވަން ނޭގޭ ކަމަށް ޕާޓީގެ އާންމު މެނަބަރުންވެސް ޤަބޫލުކުރުން ކަމުގައި ނޫނީ ނުވާނެއެވެ. ކުރީގެ އެޕާޓީގެ ޗެއަރޕާރސަން ހަސަން ލަތީފްގެ ޒައާމަތުގައި އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބުގެ އިތުރުން ރައްޔިތުންގެ މަޖްލިސްގެ ސުޕަރ މެޖޯރިޓީވެސް ނަގާފައެވެ.

 

“ބުރޯ” ހެދިގެން ފައްޔާޒު އުޅުއްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވީ ހަމަ ހުރެފައެއް ނޫނެވެ. ފައްޔާޒުގެ “ބުރޯ ސްޓައިލް” އަކީ ވަރަށް ގިނަ ދިވެހިން އާންމުކޮށް ދައްކަމުން ގެންދާ ވާހަކައެވެ. ރައީސް ނަޝީދު އެހެން ވިދާޅުވުމުގެ މާކުރިންވެސް “ބުރޯ”ގެ ވާހަކަ އަޑު އިވެއެވެ. މިނަން ފައްޔާޒު އަށް ތުހުމަތު ކުރެވުނީ ހަމަ ހުރެފައެއް ނޫނެވެ. އިކޮނޮމިކް މިނިސްޓަރަކަށް ވަޑައިގެން މިސަރުކާރުގެ ވަރަށް ގިނަ ކަންކަން ވަނީ އެމަނިކުފާނުގެ ކޮންޓްރޯލް ދަށަށް ގެންނަވާފައެވެ. އެގޮތުން މަޖިލިސް މެމްބަރުންނާއި، ކުންފުނިތަކުގެ ވެރިންވެސް އެމަނިކުފާނު “ބްލެކްމެއިލް” ކޮށްގެން ގެންގުޅޭ ވާހަކަތައް އެއީ ވަރަށް ގިނަ ފަރާތްތަތކުން ތހުމަތުކުރި ކަންކަމެވެ. ލޯނެއް ނުލިބިގެން އުޅޭމީހާވެސް ފައްޔާޒު އާ ބައްދަލުކޮށްގެން ނޫނީ ލޯނު ހަމަ ނުޖެހޭނެ ކަމަށް ބުނާ ބުނުންތައް އައީ ގިނަވަމުންވެ.

 

އެމްޑީޕީ ބައިބައިވުން:

 

ރާއްޖޭގައި، ޒަމާނީ ޑިމޮކްރަސީގެ ތެރެއިން އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ މިއަދުވަނީ މާބޮޑަށްވެސް ރޫޅިފައެވެ. ޕާޓީގެ ތެރެއިން އާ ސިޔާސީ ޕާޓީއެއް ވަނީ ވުޖޫދުވެފައެވެ. މިޕާޓީއަކީ ދިވެހިން ދަންނަ އެމްޑީޕީވެސް އުފެއްދުމަށް އެންމެ ވަރުގަދަޔަށް މަސައްކަތްކުރި ގިނަ ބަޔަކު އެމްޑީޕީ ތެރެއިން ނުކުމެ އުފައްދާފައިވާ ޕާޓީއެކެވެ. ޕާޓީގެ އެތެރެއިން ބަޔަކު އިސްވެ ނުކުމެ ޕާޓީއެއް ހެދުމަށް ނިންމީ ޒަމާނުއްސުރެ އެމްޑީޕީ ވާކަލަތު ކުރަމުން އައި ހުރިހާ އުސޫލުތަކާއި ހަމަތަައް ދޫކޮށްލުން ކަމުގައި އެފަރާތްތަކުން ބުނެއެވެ.

 

މިއަދުގެ ވެރިކަމުގައި އޮތް ޕާޓީ، ޕާޓީއެއްގެ ގޮތުގައި ފެންނަނީ ވެރިކަމުގައި އޮތަތީ ކަމަށް ސިޔާސީ ފަރާތްތަކުން ޤަބޫލު ކުރަނީ ވަރަށް ގިނަ ސަބަބުތަކެއް ހުރީމައެވެ. ވަޒީފާއާއި،ނުފޫޒާއި ބާރުތަކުގެ ފަހަތުގައި ތާށިވެފައިތިބި ގިނަ ބަޔަކު ސަރުކާރުގެ ކޮންޓްރޯލްގައި ތިބުމުގެ ނަތީޖާއެވެ. ބާރު ގެއްލޭ އިރަށް ޕާޓީ އެއްކޮށް ފަނޑުވެ، އެމްޑީޕީގެ ކޯލިޝަން ޕާރޓްނަރ “އަދާލަތު ޕާޓީ” އާއި އެއް ހަމަޔަކަށް އައުމަކީ ވަރަށް ކައިރި ކަމެއްގެ ގޮތުގައި ސިޔާސީ ކަންކަން ދަންނަ ގިނަ ދިވެހިން ޤަބޫލުކުރެވެ.

 

ޕާޓީ ރޫޅެމުންދާ މަންޒަރު ރައްޔިތުންނަށް ސާފުކޮށް ނުފެނުނު ކަމުގައި ވިޔަސް، ޕާޓީގެ ހިންގުމުގެ ވައްޓަފާޅިއާއި، އެމްޑީޕީގެ ގޮތްގަނޑު ޕާޓީގެ އެއްވެސް ހަރަކާތަކުން ނުފެންނަ ވާހަކައަކީ ޕާޓީގައި މިވަގުތު ތިބި އެންމެހާ މެންބަރުން އަބަދުވެސް ދައްކާ ވާހަކައެވެ. ޕާޓީގައި މިހާރު ފެންނަނީ ޒަމާންވީ މުސްކުޅި ގޮތްތަކުގެ ސިފަތަކެވެ. ޕާޓީގައި ކުރިން ގެންގުޅެމުންއައި އުފެއްދުންތެރި ކަމުގެ އެއްވެސް ވައްޓަފާޅިއެއް ނެތެވެ. ފައްޔާޒު އަކީ ސިޔާސީ މައްސަކަތް ދަންނަ މީހެއެއް ނޫންކަން މިހިރަ މިހިރަ ކަންކަމުން މިދަނީ ތަކުރާރުކޮށް ފެންނަމުންނެވެ. ފައްޔާޒު އަކީ 2023 އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުމަށް ދިމާވާނެ މައިގަނޑު ސަބަބު ކަމުގައި ވެދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!