ޕީރެޑް ވެއްޖެ ތަ؟
ދެންމެ | 04 އޯގަސްޓް 2023

ކޮންމެ މަހަކު ދުނިޔޭގެ އެތައް މިލިއަން އަންހެނުންނަށް މައްސަރު ކަންތައް ޖެހުމުގެ ސަބަބުން ގިނަ ފަހަރަށް ކެތްނުކުރެވޭ ފަދަ ނުތަނަވަސްކަމާއި ތަދު ތަހައްމަލު ކުރެއެވެ. މައްސަރު ކަންތައްތަކަކީ ގުދުރަތީ އަދި ކޮންމެހެން ބޭނުންތެރި ކަމެއް ނަމަވެސް، އެކަމާ ގުޅިފައިވާ ވޭނަކީ އަންހެނެއްގެ ދުވަހުގެ ދިރިއުޅުމަށާއި ޖުމްލަ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކުރާކަމެކެވެ.

ނަސީބަކުން ޕީރިއަޑް ވޭންތަކާ ކުރިމަތިލާން އަންހެނުން ބާރުވެރިކޮށްދީ، ދިރިއުޅުމުގެ ފެންވަރު ދެމެހެއްޓުމަށް ބާރުވެރިކޮށްދޭނެ އެކިއެކި ފައިދާހުރި ހައްލުތައް ލިބެން އެބަހުއްޓެވެ. ޕީރިއަޑް ރިހުން ކުރިމަތިވާ ސަބަބުތަކާއި، ހައްލުތަކުގެ ދާއިރާއާއި، އަންހެނުންގެ ސިއްހަތާއި ހަމަހަމަކަން ކުރިއެރުވުމަށް މި މައްސަލައަށް ހައްލެއް ހޯދުމުގެ މުހިންމުކަމަށް ބަލާލަމާތޯއެވެ.

 

ޕީރިއަޑް ތަދު ދެނެގަތުން:

ސައިންޓިފިކް ގޮތުން ޑިސްމެނޯރިއާގެ ނަމުން ނަންދެވިފައިވާ ޕީރިއަޑް ތަދު އުފެދެނީ ރަހިމުގެ މަސްތައް ކޮންޓްރެކްޓްވެ ރަހިމުގެ ލައިނިން ފޭބުމުގެ ސަބަބުންނެވެ. މި ކޮންޓްރެކްޝަންތަކުގެ ސަބަބުން ރަހިމަށް ލޭ ދައުރުވުން މަދުވެ، ތަދުވުމާއި، ރިއްސުމާއި، ނުތަނަވަސްކަން ކުރިމަތިވެއެވެ.ޕްރައިމަރީ ޑިސްމެނޯރިއާ އަކީ އެންމެ އާންމު ވައްތަރެވެ. މިއީ އާދައިގެ މައްސަރު ކަންތައްތަކެއް ހުންނަ އަންހެނުންނަށް ދިމާވާ ބާވަތެވެ. ސެކަންޑަރީ ޑިސްމެނޯރިއާ އަކީ އޭގެ އަސްލު ސިއްހީ ހާލަތްތަކާ ގުޅިފައިވާ ކަމެއް ކަމުން ޚާއްޞަ ސިއްހީ ފަރުވާއެއް ބޭނުންވާކަމެކެވެ.

 

ޕީރިއަޑް ތަދުގެ އަސަރު:

ޕީރިއަޑް ރިއްސުމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ކުރާ އަސަރަކީ ކުޑަކަމެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ. އަންހެނުންނަށް ބަނޑުގައި ރިއްސުމާއި ، މައިބަދައިގަ ރިއްސުމުގެ އިތުރުން ބޮލުގައި ރިއްސުމާއި މޭނުބައިކުރުމާއި ވަރުބަލިވުން ފަދަ ކަންކަން ކުރިމަތިވެއެވެ. މިފަދަ ނުތަނަވަސްކަމަކީ ދުވަހުން ދުވަހަށް ކުރާ ކަންކަމަށް ބުރޫއަރާ، އުފެއްދުންތެރިކަމަށް ހުރަސްއެޅި، ސްކޫލުން ނުވަތަ މަސައްކަތަށް ހާޒިރުނުވުމަށް ވެސް މެދުވެރިވާ ސަބަބެކެވެ.

 

މައްސަރުކަންތަކުގެ ވޭން ކުޑަކުރުމުގެ ހައްލުތައް:

 

ތަދުކަނޑުވާ ބޭސް :

އިބޫޕްރޮފެން އަދި ނެޕްރޮކްސެން ފަދަ ނޮންސްޓިރޮއިޑަލް އެންޓި-އިންފްލެމެޓަރީ ޑްރަގްސް (އެންއެސްއޭއައިޑީ) އިން ޕީރިއަޑް ރިހުން ފައިދާހުރި ގޮތެއްގައި ލުއިކޮށްދެއެވެ. ސިއްހީ ދާއިރާގެ ބޭފުޅުން އަންގާފައިވާ ގޮތަށް މި ބޭސްތައް ބޭނުން ކުރުމަކީ ވޭން ކުޑަކޮށްދީ، އެ އުނދަގޫ ކުޑަކުރުމަށް އެހީތެރިވެދޭ ބޭސްތަކެކެވެ

 

ހީޓް ތެރަޕީ:

ދަށްބަނޑުގެ މަތީގައި ހީޓިން ޕެޑެއް ނުވަތަ ހޫނު ފެންފުޅިއެއް ބޭއްވުމަކީ ރަހިމުގެ މަސްތައްރިލެކްސް ކޮށްދީ ރިއްސުން ކުޑަކޮށްދޭ ކަމެކެވެ. ހޫނު ފެނުން ފެންވަރާލުމަކީ ވެސް ލުއި ލުއިކަމެއް ލިބިގެންދާނެ ކަމެކެވެ.

 

 

ކަސްރަތާއި ޔޯގާ:

ހިނގާބިނގާވެ އުޅުމާއި، ފަތަން ނުވަތަ ޔޯގާ ފަދަ ލުއި ކަސްރަތުތަކުގައި ބައިވެރިވުމަކީ ލޭދައުރުވުން ރަނގަޅުވެ، އެންޑޯފިންސް (ހޯމޯން) ދޫކުރުމާއި، މައްސަރު ކަންތައްތަކުގެ އުނދަގޫ ކުޑަކޮށްދޭ ކަމެކެވެ.

 

ކާނާއަށް އަންނަ ބަދަލުތައް:

މޭވާއާއި ތަރުކާރީއާއި ހޯލް ގްރޭންސް އަދި ލީން ޕްރޮޓީންތަކަށް ފޯކަސްކޮށްގެން ބެލެންސްޑް ޑައިޓެއް ކެއުމަކީ ހޯރމޯންތައް ރެގިއުލޭޓްކޮށް ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ކެފެއިން، ސިގިރޭޓް އަދި ލޮނު އެކުލެވޭ ކާނާ މަދުކުރުމުން ބަނޑުގައި ވައިހެދުމުން ދުރުކޮށްދެއެވެ.

 

ހަރބަލް ފަރުވާ :

ބައެއް އަންހެނުންނަށް ލުއި ލިބެނީ އިނގުރު، ކެމޮމައިލް، ނުވަތަ ފޮނިތޮށި ފަދަ އެންޓި އިންފްލެމެޓަރީ ޕްރޮޕަޓީސް ހުންނަ މާއްދާތައް ހިމެނޭ ހަރބަލް ސައި ނުވަތަ ސަޕްލިމެންޓްތަކުންނެވެ

 

ދޭތެރެ ދުރުކުރާ ބޭހާއި ބައެއް ވަސީލަތް:

ބާރތް ކޮންޓްރޯލް ބޭސްގުޅަ، ޕެޗް ނުވަތަ އިންޓްރައުޓަރިން ޑިވައިސް (އައިޔޫޑީ) ފަދަ ހޯރމޯން ކޮންޓްރެސެޕްޓިވްސް އިން މައްސަރު ކަންތައް ރެގިއުލޭޓްކޮށް ޕީރިއަޑް ރިއްސުމުގެ ދަތު ކުޑަކުރުމަށް އެހީތެރިވެދެ އެވެ.

 

ޓެންސް ތެރަޕީ:

ޓްރާންސްކިއުޓަނިއަސް އިލެކްޓްރިކަލް ނާރވް ސްޓިމިއުލޭޝަން (ޓީއެންއެސް) ޑިވައިސްތަކުން ތަދު ފިލުވައިދޭނީ ހަންގަނޑު ތެރެއިން ލޯ ވޯލްޓޭޖް އިލެކްޓްރިކަލް ކަރަންޓް ފޮނުވައިގެން ރިހުން ސިގްނަލްތައް ހުއްޓުވައިގެންނެވެ

 

މައްސަރު ކަންތަކުގެ ވޭނާއި ބެހޭގޮތުން ހޭލުންތެރިކުރުވުން

މައްސަރުދުވަސްވަރުގެ ވޭނުގެ ވާހަކައަކީ އަންހެނުންގެ ސިއްހަތާއި ބާރުވެރިކަމަށް ވަރަށް މުހިންމު ކަމެކެވެ. މައްސަރު ކަންތައްތަކާ ބެހޭ ގޮތުން ފާޅުކަން ބޮޑު ގޮތެއްގައި މަޝްވަރާކޮށް، އަންހެނުންނަށް ބޭނުންވާ ވަގުތު އެހީތެރިކަން ހޯދުމަށް ހިތްވަރުދީ، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މީގެ އިތުރުން މަސައްކަތު ތަންތަނާއި ތައުލީމީ މުއައްސަސާތަކުން އަންހެނުންނަށް މައްސަރު ކަންތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ގަބޫލުކޮށް، ކުރެވެން އޮތް ނަމަ ފްލެކްސިބަލް މަސައްކަތު ގަޑި ނުވަތަ ލުއިގޮތްތަކެއް ހަމަޖައްސައި ދިނުން ރަނގަޅެވެ. ސްޕެއިން ، އިންޑޮނޭޝިއާ ، ޖަޕާން ، ސައުތު ކޮރެއާގެ އިތުރުން ގިނަ ގައުމުތަކުގައި އަންހެނުންނަށް މައްސަރުކަންތައް ކުރިމަތިވުމުން ތަފާތު އެކި ލުއިތައް ހޯދައިދިނުމަށް މަސައްކަތުން ލުއިދީފައިވާކަން ފާހަގަ ކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!