ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.
ދެބޭފުޅުން ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވީ މާމިގިލީގައި ގާސިމް އިބްރާހިމްގެ ކެމްޕޭން ފެށުމަށް ބާއްވަމުން ގެންދަވާ ޖަލްސާގައެވެ. ރައީސް ވަހީދު އާއި ޝައިނީގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ގާސިމް އެވެ.
ރައީސް ވަހީދު ފާއިތުވި ދިހަވަރަކަށް އަހަރު ހުންނެވީ ޕީޕީއެމްގައެވެ. ވަހީދު ޕީޕީއެމް އިން އިސްތިއުފާ ދެއްވީ އެޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރިކަމަށް ވިދާޅުވެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި މުހިއްމު ޒިންމާތަކެއް އަދާކުރެއްވެވި ޝައިނީ ރައީސް ޔާމީންގެ ސަރުކާރު ނިމުނުފަހުން ސިޔާސީ މައިދާނުން ނުފެނެއެވެ.
ގުޅުންހުރި ލިޔުންތައް