އެމެރިކާގެ ކެލިފޯނިޔާގައި އެއްޖިންސުން ކައިވެނިކުރުން ޕްރޮމޯޓް ކުރާ ފިހާރައެއްގައި ހުރި އެލްޖީބީޓީ ދިދައަކަށް ފުރައްސާރަ ކުރުމަށްފަހު އެފިހާރައިގެ ވެރިމީހާގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.
އެފިހާރައިގެ ވެރިމީހާ މަރާލާފައިވަނީ އޭނާގެ ވިޔަފާރީގެ ބޭރުގައި ޖަހާފައިވާ ޕްރައިޑް ދިދައަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ.
ކެލިފޯނިއާގެ ސެޑާ ގްލެންގައި ހުންނަ އޭނާގެ މެގް ޕައި ފިހާރައިގައި އުމުރުން 66 އަހަރުގެ ލައުރާ އެން ކާލެޓަން އަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލާފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު އެވެ.
ފިހާރަވެރިމީހާ އަށް ހަމަލާދިން މީހާކަމަށް ޝައްކުކުރެވޭ މީހާވަނީ ފުލުހުން މަރާލައިފައެވެ.
ފައިމަގުގައި ފިލައިގެން ދާންއުޅުނު މީހަކު ފުލުހުން މަރާލާފައިވަނީ އޭނާގެ އަތުގައި ހަތިޔާރު އޮވެފައި އެއީ ފިހާރައިގެ ވެރިމީހާގެ ގަޔަށް ބަޑިމީހާކަމަށް ޝައްކުކުރެވިގެން ކަމަށް ބީބީސިން ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުން ބުނީ އަނިޔާ ލިބުނު މީހާއަށް ބަޑި ޖެހުމުގެ ކުރިން ރެއިންބޯ ދިދައާ ބެހޭ ގޮތުން ”ހަޑިހުތުރު ބަހުން“ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެ ވަގުތު އޭނާ މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެއަށްފަހު އޮފިސަރުން ވަނީ ހަތިޔާރު އަޅައިގެން ހުރި މީހާ ފެނުމުން އޭނާގެ ގަޔަށް ބަޑިޖަހައި މަރާލައިފާ ކަމަށް ސެން ބާނާޑީނޯ ކައުންޓީ ޝެރިފް-ކޮރޯނަރ ޑިޕާޓްމަންޓުން ބުނެއެވެ.
ކެލިފޯނިއާގައި ހަރަކާތްތެރިވާ ލޯކަލް ގްރޫޕް ”ލޭކް އެރޯހެޑް އެލްޖީބީޓީ“ އިން ބުނީ މި ހާދިސާއަކީ އެ ސަރަހައްދަށް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށާއި ”ރަހުމަތްތެރިޔާ އަދި ސަޕޯޓަރެއް“ ކަމަށްވާ މިސް ކާލެޓަން ހަގީގަތުގައި ވެސް ހަނދާން ހުންނާނެ ކަމަށެވެ.
އެ ގްރޫޕުން އަމިއްލަ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ މަރާލާފައިވަނީ އޭނާގެ ފިހާރައިގެ ކުރިމަތީގައި އޭނާގެ އެލްޖީބީޓީކިއު ޕްލަސް ޕްރައިޑް ދިދަތައް ދިފާއުކޮށްގެން ކަމަށެވެ.
”ލޮރީ އަކީ އެލްޖީބީޓީކިއު ޕްލަސް ގެ ގޮތުގައި ފާހަގަ ނުކުރި ނަމަވެސް މުޖުތަމައުގެ އެންމެންނަށް އެހީތެރިވެ ވަކާލާތު ކުރުމުގައި ވަގުތު ހޭދަކުރި.“ ހަމަހަމަ ކަމަށް ލޯބިކުރާ މީހެއް ، އެޕޯސްޓްގައި ބުނެފައިވެއެވެ.
އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނި ކުރުމަށް ހިތްވަރުދީ އެކަމަށް ވަކާލާތުކުރާ މައްސަލަ ދުނިޔޭގެ އެތަން މިތާނގައި އިތުރުވަމުން އަންނަ އިރު، އެމެރިކާގައިވެސް ސިޔާސީ ބައެއް ފަރާތްތަކުގެ އަމާޒު ހުރީ، އެއްޖިންސުން ކައިވެނި ކުރާ މީހުންނަށް ހަރުކަށި އަދަބު ކަނޑައެޅުމާ މެދު ގާނޫނީ އިމުގެ ތެރެއިން ގޮތެއް ނިންމުމަށް މަޖިލީހަށް ވައްދާށެވެ.